Last Updated: October 24, 18:51
Thursday, October 24, 2024
މުނިފޫހިފިލުވުން

"ވުލްވްރިން" ގެ ކައިވެނި ނިމުމަކަށް

މަޝްހޫރު ސުޕަހީރޯ ކެރެކްޓާ ވުލްވުރިންގެ ރޯލު ކުޅެމުން އައި ހޮލީވުޑްގެ މަޝްހޫރު ތަރި ހިއު ޖެކްމަން އާއި އަންހެނުން ޑެބޯރާ-ލީ ފާނެސްގެ ކައިވެނީ ގުޅުން ނިމުމަކަށް ގެންނަން ނިންމައިފި އެވެ.

ހަތާވީސް އަހަރުވީ ކައިވެނި ރޫޅާލަން ނިންމިކަން އެ މީހުން މީޑިއާތަކަށް ވެސް ކަށަވަރުކޮށް ދީ، ބުނެފައި ވަނީ ވަރިވާން ނިންމީ ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކަމަށެވެ. އަދި ކައިވެނީގެ ގުޅުން ނިމުމަކަށް އަޔަސް ދެ މީހުންގެ މެދުގައި އެކުވެރިކަމާއި ގާތްކަން އޮންނާނެ ކަމަށާއި ފާއިތުވި 30 އަހަރަކީ ދެ މީހުން އެކީގައި ކުރި ވަރަށް ދިގު ދަތުރެއް ކަމަށްް ބުނެފައިވެ އެވެ.

ނަމަވެސް ވަރިވާން ނިންމި ސަބަބާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އޮސްޓްރޭލިއާ އަށް އުފަން ޖެކްމަން، 57، އާއި ޑެބޯރާ، 67، ކައިވެނިކުރީ 1996 ގަ އެވެ. އަދި އެ ދެ މީހުންނަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ. އެއީ އޮސްކާ، 23، އާއި އަވާ، 18، އެވެ. ޖެކްމަން އާއި ޑެބޯރާގެ ލޯބީގެ ގުޅުން ފެށުނީ އެކީގައި ކުޅުނު 1995 ގެ ސީރީޒް "ކޮރެލީ" ގެ ސެޓުންނެވެ.