Last Updated: October 24, 18:51
Thursday, October 24, 2024
މުނިފޫހިފިލުވުން

މިއޮތީ "ބިގް ބޮސް 17" ގެ ޕްރޮމޯ

ބޮލީވުޑްގެ ތަރި ސަލްމާން ޚާން ހޯސްޓްކޮށް، ކަލާސް ޓީވީން ގެނެސްދޭ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ 17 ވަނަ ސީޒަންގެ ޕްރޮމޯ ދައްކާލައިފި އެވެ.

މި ޕްރޮމޯ ގެނެސްދީފައި ވަނީ ސަލްމާންގެ ތަފާތު ލުކްތަކަކާ އެކީގަ އެވެ. އެހެންވެ މި ފަހަރުގެ ސީޒަން ވާނީ ތަފާތު ރަހައެއްގެ ޝޯއަކަށެވެ. ދާދި ފަހުން ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ބިގް ބޮސް 17" މި ފަހަރު ހާއްސަކޮށްފައި ކައިވެނިކޮށްގެން އުޅޭ ސެލެބްރިޓީންނަށާއި ކައިވެނި ރޫޅިފައިވާ ސެލެބްރިޓީންނަށެވެ.

ނަމަވެސް މިކަން ކަލާސް އިން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އަދި މި ފަހަރުގެ ސީޒަންގެ ބައިވެރިންނަކީ ކޮބައި ކަމެއް ވެސް ސާފެއް ނުވެ އެވެ. އެކަމަކު ޝޯގައި ވާދަކުރާނެ ކަމަށް ބެލެވޭ އެކިއެކި ޖޯޑުތަކުގެ ވާހަކަ މީިޑިއާތަކުގައި އަންނަނީ ދެކެވެމުންނެވެ.

"ބިގް ބޮސް 17" ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހު އެވެ. އެއީ ކަލާސް އިން މިހާރު ގެނެސްދޭ، ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓްކުރަމުން އަންނަ "ހަތުރޯން ކޭ ކިލާޅީ" ސީޒަން 13 ނިންމައިލުމަށް ފަހު އެވެ.

އަބަދު ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބޭ "ބިިގް ބޮސް" ގެ 12 ވަނަ ސީޒަން މި އަހަރުގެ ފެބްރުއަރީގައި ކާމިޔާބުކުރީ ރެޕާ ސްޓޭން އެވެ.