ސައުދީ އަރަބިއްޔާ އަލް-ތާއީ އަށް މިހާރު ކުޅެމުން އަންނަ ޖަރުމަންގެ ފުޓްބޯޅަ ތަރި ރޮބަޓް ބައުއާ އިސްލާވެއްޖެ އެވެ.
މި ވާހަކަ އޭނަ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ. ތިން ކުދިން ވެސް 27 އަހަރުގެ ކުޅުންތެރިޔާ އިސްޓަގްރާމް ޕޯސްޓެއްގައި ބުނީ ޓެންޒޭނިއާ އަށް އުފަން އޭނަގެ އަންހެނުން އަނީތާ ޑޫން އަކީ ވެސް މުސްލިމެއް ކަމަށާއި އެ މީހުން ކައިވެނި ކުރި ދުވަސްވަރު ވެސް ޝަހާދަތުގެ ދެކަލިމަ ކިޔާފައިވާ ކަމަށެވެ. އެކަމަކު އޭރު އިސްލާމް ދީނާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭނގޭ މިހާތަނަށް ނަސާރާ ދީން ގަބޫލުކޮށްގެން ހުރި ކުޅުންތެރިޔާ ކަމަށް ބުންޏެވެ.
ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި އިސްލާމް ދީނާ ބެހޭ ގޮތުން ވަރަށް ގިނަ ކަންކަން އެނގިފައިވާ ކަމަށާއި ސައުދީ ޓީމަކަށް ކުޅެން އެ ގައުމަށް ބަދަލުވި ފަހުހިން އިސްލާމް ދީނާ ބެހޭ ގޮތުން ވަރަށް ގިނަ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ހިތްވަރު ވެސް ލޮބުނީ ސައުދީ އަށް ބަދަލުވުމުން ކަމަށް ބުނެފައިވެ އެވެ. އެހެންވެ އަލުން ޝަހާދަތް ކިޔައި، އިސްލާމް ދީން މިހާރު ރަސްމީކޮށް ގަބޫލުކޮށްފައިވާ ކަމަށް ބައުއާ ބުންޏެވެ.
އޭނަގެ މި ޕޯސްޓާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ސައުދީގެ އަލް-ތާއީ އަށް އޭނަ ބަދަލުވީ މި އަހަރު އއެވެ.