Last Updated: October 1, 13:55
Sunday, October 1, 2023
މުނިފޫހިފިލުވުން

ރުބީނާ އާއި އަބިނާވަށް ދަރިއަކު ލިބެނީ

އިންޑިއާގެ މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ރުބީނާ ދިލައިކާއި އަބީނާވް ޝުކްލާ އަލަތު ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވާން ފަށައިފި އެވެ.

ކަލާސް ޓީވީގެ ރިއަލިޓީ ޝީ "ބިގް ބޮސް 14" ކާމިޔާބުކުރި ރުބީނާ އަލަތު ދަރިފުޅަށް ބަލިވެއިން ވާހަކަ މީޑިއާތަކުގައި ދެކެވޭތާ ގިނަ ދުވަސްތަކެއް ފަހުން ދެމަފިރިންގެ އިންސްޓަގްރާމްގައި މި ވާހަކަ ރަސްމީކޮށް ހިއްސާކުރީ މިއަދެވެ.

ރުބީނާ، 34، އާއި އަބިނާވް، 40، ކައިވެނިކުރީ، 2018 ގަ އެވެ. މި ދެ ތަރިން އެކީގައި 2021 ގައި "ބިގް ބޮސް" ގައި ވާދަކުރި އިރު، ކައިވެނީގައި ބޮޑެތި މައްސަލަތަކެއް ޖެހި، ދެ ތަރިން ތިބީ ވަރީގެ ތުންފަތްމަތީގަ އެވެ. އެ ވާހަކަ ޝޯގެ ތެރޭގައި ހިއްސާކޮށް ރުބީނާ ބުނެފައި ވަނީ ކައިވެނި ސަލާމަތްކުރެވުނީ "ބިގް ބޮސް" ގެ ސަބަބުން ކަމަށެވެ.

"ޗޯޓީ ބަހޫ" އާއި "ޝަކްތީ: އަސްތިތުވާ ކޭ އެހެސާސް ކީ" ފަދަ ސިލްސިލާތައް ކުޅުނު ރުބީނާ ވަނީ "ބިގް ބޮސް 14" ކާމިޔާބު ކުރުމަށް ފަހު މިދިޔަ އަހަރު ކަލާސްގެ ޑާންސް ޝޯ، "ޖަލަކް ދިކްލާ ޖާ" ސީޒަން 10 ގައި ވެސް ވާދަކޮށްފ އެވެ. އަދި މިދިޔަ އަހަރު "އަރުދު" ކިޔާ ފިލްމަކުން ބެވެސް އޭނަ ފެނިފައިވެ އެވެ.

އަބިނާވް ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "އަކްސަރު 2" އާއި "ލުކާ ޗުއްޕީ" ހިމެނެ އެވެ. އޭނަ ކުޅުނު ސިލްސިލާތަކުގެ ތެރޭގައ "ޗޯޓީ ބަހޫ"، "ޖާނޭ ކިއު ބާތު ހުއީ" އަދި "ހިޓްލަރު ދީދީ" ހިމެނެ އެވެ.

އަބިނާވް އާއި ރުބީނާ އަކީ ކަލާސްގެ "ހަތުރޯން ކޭ ކިލާޅީ" ގައި ވެސް ވާދަކޮށްފައިވާ ދެ މީގުންނެވެ.