Last Updated: May 6, 15:27
Monday, May 6, 2024
ދުނިޔެ

އައިފޯން 15 ގެ ބައެއް މޮޑެލް ލަސްވެދާނެ

އައިފޯން 15 މިދިޔަ އަންގާރަ ދުވަހު ދައްކާލައި އިއްޔެ، ޕްރީ-އޯޑަރަށް ހުޅުވައިލުމުން ޑިމާންޑް ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން ބައެއް މޮޑެލްތައް ވިއްކަން ފެށުން ފަސްކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އައިފޯން 15 ގެ ހަތަރު މޮޑެލްއެއް ދައްކައިލި އެވެ. އެއީ އައިފޯން 15، އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ. އިއްޔެ ޕްރީ-އޯޑަރަށް ހުޅުވާލި އިރު، ފޯނުތައް ވިއްކަން ފަށަން ނިންމާފައި އޮތީ މި މަހުގެ 22 އިން ފެށިިގެންނެވެ.

ނަމަވެސް ޕްރޯ އާއި މެކްސް އަށް މިހާރު އޮބި ނޯންނަ ވަރަށް އޯޑަރު ކުރަން ފެށުމާ ގުޅިގެން އެ ދެ މޮޑެލް ނެރުން ފަސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. އެގޮތުން ބައެއް ހިސާބުތަކިގައި ޕްރޯ މެކްސް އަންނަ ނޮބެމްބަރު މަަހުގެ މެދު ތެރޭވައި ވިއްކަން ފަށަން ނިންމާފައި އިރު، ޕްރޯ ވިއްކަން ފަށާނީ އަންނަ މަހުގެ 9 ހިސާބުގައި ކަމަށް މީޑިއާތަކުން ބުނެ އެވެ.

އަބަދު ވެސް އައިފޯން ސީރީޒްތަކުގެ ޕްރޯ މޮޑެލްތަކަށް ބޮޑު ޑިމާންޑެއް އޮވެ އެވެ.

އެޕަލް އިން ބުނެފައިވާ ގޮތުގައި އައިފޯން 15 އަކީ މިހާތަނަށް ނެރުނު އެ ބްރޭންޑްގެ ފުރިހަމަ ފޯނެވެ. މީގެ އަގުތައް އުޅެނީ 799-1،599 ޑޮލަރާ ދެމެދުގަ އެވެ.