އުރީދޫގެ ހޯމް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް އެކުންފުނިން ތަޢާރަފްކޮށްފިއެވެ.
އުރީދޫއިން ފަށާފައިވާ ޕްރޮމޯޝަންގެ ދަށުން، އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ހޯމްބްރޯޑްބޭންޑް ގެ ޙިދުމަތައް އެދިައްވާ ފަރާތްތަކަށް ހިދުމަތް ހޯދުމަށް ބޭނުންކުރާ ޑިވައިސްތަކުން %50 ޑިސްކައުންޓް ލިބިގެންދާނެއެވެ. އުރީދޫއިން މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ އޮކްޓޯބަރ މަހުގެ ނިޔަލަށް ކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫ ފަސޭހަ އަދި ފަސޭހަ މިނީ ގެ ޙިދުމަތައް މޫލީ https://mool.ee/faseyhahbb މެދުވެރިކޮށް އެދިލެއްވުމުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް ޑިވައިސް މުޅިން ޑެލިވަރކޮށްލަދެއެވެ.
ފަސޭހަ މިނީ އަދި ފަސޭހަ ހޯމްބްރޯޑްބޭންޑް ޕެކޭޖް ތަކަކީ ބޮޑެތި ޑޭޓާ އެލަންވަންސްތަކާއެކު ސްޓްރީމިން ޑޭޓާ އާއި ރެގިއުލާ ޑޭޓާ ހިމަނައިގެން ފަރުމާކުރެވިފައިވާ ފުރިހަމަ ޕެކޭޖުތަކެކެވެ. ސްޓްރީމިން ޕްލެޓްފޯމްތަކަށް ހާއްސަ ޑޭޓާ ވީޑިއޯ ސްޓްރީމްކުރުމަށް ބޭނުންކުރެވޭއިރު، ސޯޝަލް މީޑިއާ ބޭނުންކޮށް، ޗެޓް ކޮށް، އަދި އިންޓަނެޓް ބްރައުޒް ކުރުމަށް ރެގިއުލަރ ޑޭޓާ ބޭނުންކުރެވޭނެއެވެ. ފަސޭހަ އަދި ފަސޭހަ ހޯމްބްރޯޑްބޭންޑް ޕެކޭޖްތަކުގެ މައުލޫމާތު އުރީދޫ ވެބްސައިޓު މެދުވެރިކޮށް ލިބިގެންދާނެއެވެ.
Enjoy 50% off on Faseyha Mini & Faseyha Home Broadband Devices!🤩
Connect from anywhere on the go and stream your favorite shows & games with ease. 🍿🎮
Apply via https://t.co/KPKIOm04ZG#UpgradeYourWorld pic.twitter.com/r8LDruTH8a
— Ooredoo Maldives (@OoredooMaldives) September 14, 2023
ފަސޭހަ ހޯމްބްރޯޑްބޭންޑް ނަންގަވާ ފަރާތްތަކަށް ލިބިވަޑައިގަންނަވާ ފަސޭހައަކީ ކޭބަލް އެޅުމަށް އިތުރަށް މަޑުކުރަންނުޖެހި، ރައުޓަރ ގުޅާލުމުން ވަގުތުން ޚިދުމަތް ލިބިގެންދިއުމެވެ. އެއްތަނުން އަނެއްތަނަށް ބަދަލު ކޮށްލަން ފަސޭހަ ރައުޓަރަކާއެކު ފަސޭހަ ހޯމްބްރޯޑްބޭންޑްގެ ޚިދުމަތަކީ، ގެއިން މަސައްކަތްކުރައްވާ ބޭފުޅުންނަށާއި ކިޔަވާ ދަރިވަރުންނަށް ފަސޭހަ ޚިދުމަތެއްކަންވެސް އުރީދޫ މޯލްޑިވްސްއިން ފާހަގަކުރެއެވެ.
މީގެ އިތުރުން ފަސޭހަ މިނީ އަކީ ދަތުރުމަތީއާއި، ކަފޭ، ރެސްޓައުރަންޓް އަދި ކޮންމެތާކުވެސް މަސައްކަތްކޮށްލުމަށް ނުވަތަ އިންޓަނެޓް ބޭނުންކޮށްލުމަށް ވަރަށް ފުރިހަމަ ހިދުމަތެކެވެ. ޖީބަށް ލެވޭ ސައިޒަ ގެ މި ކުޑަ ޑިވައިސް ޗާރޖް ކޮށްލައިގެން ކޮންމެތާކުންވެސް އިންޓަނެޓް ގެ ހިދުމަތް ބޭނުންކޮށްލެވޭނެއެވެ. ފަސޭހަ އަދި ފަސޭހަ ހޯމްބަރޯޑްބޭންޑް ގެ ހިދުމަތް އެކްޓިވޭޓްކޮށް، ޑޭޓާ ބެލަންސް ބަލާލާ، ޕެކޭޖް އެކްޓިވޭޓްކުރުމަށް ފަސޭހަ ސެލްފްކެއަރ ޕޯޓަލް އަށް http://ore.do/sn ޒިޔާރަތްކޮށްލައިގެން ބަލާލެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫގެ ފަސޭހަ ބްރޯޑްބޭންޑް ތަކުގެ އިތުރު މައުލޫމާތު ހޯދުމަށް: https://www.ooredoo.mv/broadband/faseyha