Last Updated: October 4, 13:32
Wednesday, October 4, 2023
މުނިފޫހިފިލުވުން

"ސިންގަމް އެގެއިން" ލޯންޗްކޮށްފި

އަޖޭ ދޭވްގަން ފުލުހެއްގެ ރޯލު ކުޅެމުން އަންނަ މަގުބޫލު "ސިންގަމް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމު އިއްޔެ ލޯންޗްކޮށްފި އެެވެ.

ޔާޝްރާޖް ސްޓޫޑިއޯގައި "ސިންގަމް އެގެއިން" ލޯންޗްކުރި ހަފުލާގައި ޑައިރެކްޓަރު ރޯހިތު ޝެޓީ އާއި އަޖޭ އާއި ރޯހިތުގެ ކޮޕް ޔުނިވާސްގައި ހިމެނޭ "ސިމްބާ" ގެ ކެރެކްޓާ ކުޅޭ ރަންވީރު ސިންގު ވެސް ބައިވެރިވި އެވެ. އެ ރަސްމިއްޔާތުގެ ފޮޓޯތައް އެ މީހުންގެ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"ސިންގަމް އެގެއިން" އަކީ ރޯހިތުގެ ކޮޕް ޔުނިވާސްގެ ފަސް ވަނަ ފިލްމެވެ. އެ ފިލްމުތަކަކީ 2011 ގެ "ސިންގަމް" އާއި 2014 ގެ "ސިމްގަމް ރިޓާންސް" އާއި ރަންވީރާ އެކީ 2018 ގައި ގެނެސްދިން "ސިމްބާ" ގެ އިތުރުން އަކްޝޭ ކުމާރާ އެކީ 2020 ގައި ގެނެސްދިން "ސޫރިއަވަންޝީ" އެވެ.

އަކްޝޭގެ ފިލްމުގައި އަޖޭ އާއި ރަންވީރު ސިންގްގެ ހާއްސަ ފެނިލުންތަކެއް ހިމެނުނު ގޮތަށް "ސިންގަމް އެގެއިން" ގައި އަކްޝޭ އާއި ރަންވީރުގެ ފެނިލުންތަކެއް ވެސް ހިމެނޭނެ އެވެ. އަދި މި ފިލްމުގެ ރޯލެއް ރަންވީރުގެ އަންހެނުން ދީޕިކާ ޕަދްކޯން ވެސް ކުޅޭނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން "ސިންގަމް އެގެއިން" ގައި އަޖޭ އާއި ދީޕިކާ އަކީ ދެބެއިންނެވެ.

އެހެންވެ ފިލްމުން އަޖޭއާ އެކީ އިތުރު ބަތަލާއެއް ފެންނާނެ ކަމަށް ބެލެވޭ އިރު، ފިލްމުގެ ވިލަން އަކީ އަރުޖުން ކަޕޫރް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު ރޯހިތުގެ ޓީމުން އެކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ.

"ސިންގަމް އެގެއިން" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އޮގަސްޓް 15 ގަ އެވެ. ރޯހިތު ދޭ ޔަގީން ކަމަކީ ވަރަށް ވަރުގަދަ ފިލްމެއް ބެލުންތެރިންނަށް ގެނެސްދޭނެކަމެވެ.