Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޓްރާންޝިޕްމަންޓް ޓެރިފްތަކަށް ބަދަލުތަކެއް

ޑޮމެސްޓިކް ޓްރާންޝިޕްމަންޓް ޓްރެފިކްތަކަށް ބަދަލުތަކެއް ގެނެސް އާ ފީތަައް އާންމުކޮށްފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ މާލޭ ކޮމާޝަލް ހާބަރާއި ހުޅުމާލެ އިންޓަރނޝަނަލް ޓާނަލްއިން ރީޖަނަލް ޕޯޓުތަކަށް ޓްރާންޝިޕްކުރާ ލޭޑަން ކޮންޓެއިނަތަކުގެ ހޭންޑްލިން ވޯފޭޖް ޗާޖާއި އެމްޕްޓީ އަންލޯޑިން ސްޓީވަޑޯރިންގ އަދި ހޭންޑްލިން ޗާޖަށް 25 ޕަސެންޓް ކޮންސެޝަނެއް ދޭން މިހާރު ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މަހުގެ 15 އިން ފެށިގެން އެގޮތަށް އަމަލުކުރަމުން ދާނެ ކަމަށް އެ ކުމްފުނިން ބުންޏެވެ.

ތިރީގައިި މި ވަނީ ޑޮމެސްޓިކް ޓްރާންޝިޕްމަންޓަށް ނަގާ ޓެރިފްތަކަށް ގެނައި ބަދަލެވެ.