ޑައިރެކްޓަރު ސިދާތު އާނަންދު ޕްރޮޑިއުސްކުފާ ފިލްމަކަށް ސައިފް އަލީ ޚާން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ..
ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ ސިދާތުގެ އަމިއްލަ ފިލްމު ކުންފުނި، މާފްލިކްސް އާއި ނެޓްފްލިކްސްއާ ގުޅިގެން ހަދަން ނިންމާފައިވާ ވަރުގަދަ އެކްޝަން ތުރިލާއެކެވެ. އެގޮތުން ރެސްކިއު އޮޕަރޭޝަނެއްގެ ވަށައިގެން އެނބުރޭ ހާދިސާތަކެއް ދައްކުވައިދޭނެ ފިލްމުގެ ޑައިރެކްޓަރަކީ ޖޯން އަބްރަހަމްގެ 2019 ގެ ފިލްމު ރޯމިއޯ އަކްބަރު ވޯލްޓާ ރޯ) ގެ ޑައިރެކްޓަރު ރޮބީ ގެރަވާލެވެ.
މީޑިއާތަކުން ބުނި ގޮތުގައި އަދި ނަން ފައިނަލް ނުކުރާ މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ފިލްމުގެ ވިލަންއަކަށް ނަގާފައި ވަނީ ޖައިދީޕް އަހުލާވެތެވެ. އޭނަ މި މަހުގެ 21 ގައި ނެޓްފްލިކްސް އިން ޕްރީމިއަކުރަން ހަމަޖެހިފައިވާ ސައިފްގެ އަންހެނުން ކަރީނާ ކަޕޫރްގެ މިސްޓްރީ ތުރިލާ "ޖާނޭ ޖާ" ގެ ރޯލަކުން ފެންނާނެ އެވެ.
މި އަހަރުގެ ޖެނުއަރީގައި ޝާހްރުކް ޚާންގެ "ޕަތާން" ގެނެސް ދިނުމަށް ފަހު، އަންނަ އަހަރުގެ ޖެނުއަރީގައި ރިތިކް ރޯޝަނާއި ދީޕިކާ ޕަދްކޯނާ އެކީ "ފައިޓާ" ގެނެސްދޭން ތައްޔާރުވަމުން އަންނަ ސިދާތު ޕްރޮޑިއުސްކުރާ ފިލްމެއް ސައިފަށް ހުށަހެޅި އިރު، އޭނަގެ ދެ ފިލްމެއް ކާމިޔާބު އެކްޓަރު ކުރިން ކުޅުނެވެ.
އެއީ 2005 ގެ "ސަލާމް ނަމަސްތޭ" އާއި 2007 ގެ "ތަރަ ރަމް ޕަމް" އެވެ.
ސައިފްގެ އެންމެ ފަހުގެ ފިލްމަކީ ޖޫންގައި ރިލީޒްކުރި "އާދިޕުރުޝް" އެވެ. އޭނަ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އަހަރުގެ އެޕްރީލް 5 އަށް ތާވަލުކޮށްފައިވާ "ދެވާރާ" އިިންނެވެ.