އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް ދާ އަންހެނުން ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ ހާއްސަ ޑްރެސް ކޯޑެއް އެ ގައުމުގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން އާންމުކޮށްފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި އަޅުކަމަށް ގޮސް، މުގައްދަސް ތަންތަނުގައި ހަރަކާތްތެރިވާ އިރު، އަންހެނުން އަޅައިގެން ތިބެން ވާނީ އިސްލާމީ ގިއުގަނޑަށް ފެތޭ ހެދުމެވެ.
In the realm of sacred attire, the distinction between an Ihram and the customary costume for women undertaking the journey of Umrah becomes clear.#Makkah_in_Our_Hearts pic.twitter.com/DNVj1j8it7
— Ministry of Hajj and Umrah (@MoHU_En) September 12, 2023
އެގޮތުން ޑްރެސް ކޯޑްގައި މައިގަނޑު ތިން ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި އަޅާ ހެދުމަކީ ގަޔަށް ދޫ ހެދުމަކަށްވެފައި، މުޅި ހަށިގަނޑު ނިވާވާ ހެދުމުކަށްވުމުގެ އިތުރަށް ޒިނަތްތެރިކުރަން އެެއްވެސް އެއްޗެއް ބޭނުން ނުކުރާ ހެދުމަކަށް ވާން ޖެހެ އެވެ.
މައްކާ އަށް ކޮންމެ އަހަރެއްގެ ހުރިހާ ދުވަސްވަރެއްގައި ވެސް އުމްރާގެ އަޅުކަމަށް އެތައް ބަޔަކު ދެ އެވެ. ސައުދީން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރު 10 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާކުރާނެ އެވެ.
ސައުދީ އަށް އެންމެ ބާރު ބޮޑުވާ މޫސުމަކީ ކޮންމެ އަހަރެއްގެ ހައްޖު މޫސުމެވެ.