Last Updated: October 4, 13:32
Wednesday, October 4, 2023
ދުނިޔެ

ހަރުފަ ގޮވައިގެން ސާފިން އަށް ދިއުމުން ޖޫރިމަނާ

ޕެޓެއްގެ ގޮތުގައި ގެންގުޅޭ ހަރުފައެއް ގޮވައިގެން ސާފިން އަށް ދިޔަ މައްސަލައެއްގައި އޮސްޓްރޭލިއާގެ މީހަކު ޖޫރިމަނާކޮށްފި އެވެ.

މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދިރޭތަކެއްޗަކަށް ގެއްލުންވާ ގޮތަށް އަމަލުކުރި މައްސަލާގާއި އޮސްޓްރޭލިއާގެ ވައިލްޑްލައިފް އޮތޯރިޓީން 2،322 ޑޮލަރުން ޖޫރިމަނާކުރީ ގޯލްޑް ކޯސްޓަށް ނިސްބަތްބާ ހިގޯ ފިއުޒާ ކިޔާ މީހެކެވެ. އޭނަ ހަރުފަ ގޮވައިގެން ސާފިން އަށް ދިޔަ މައްސަލާގައި ޖޫރިމަނާކުރީ އެމަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމު ކުރުމުން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް އެކަން އައުމާ ގުޅިގެންނެވެ.

ފިއުޒާ ޖޫރިމަނާކޮށް އެ މައްސަލަ ކްއީންސްލޭންޑްގެ ޑިޕާޓްމަންޓް އޮފް އެންވަޔަރަމަންޓް އެންޑް ސައިންސް އިިން މިހާރު އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ފިއުޒާ ކުރިބންބައެއް މީޑިއާތަކަށް ބުނެފައިވާ "ޝިވާ" ނަމަކަށް ކިޔާ އޭނަގެ ޕައިތަން ޕެޓް ހަރުފަ އަކީ ފެނާ ވަރަށް ދޯޅު އެއްޗެކެވެ. ހާއްސަކޮށް މޫދަށް "ޝިވާ" ވަރަށް ލޯބިކުރާ ކަމަށް ބުނެފައިވެ އެވެ. އެހެންވެ މިހާތަނަށް 10 ފަހަރެއްގެ މަތިން ހަރުފަ ގޮވައިގެން ސާފިން އަށް ގޮސްފައިވާނެ ކަމަށް ބުނެފައިވެ އެވެ.