ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ހަތަރު މަސްބޯޓް އެމްއެންޑީއެފްގެ ކޯސްޓް ގާޑުން އަތުލައިގެންފި އެވެ.
އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓުތައް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އދ. މަހިބަދޫ "އަސުރުމާ" މަސްދޯނީގެ ފަރާތުން ފޯރުކޮށްދިން މަޢުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަން އަދިވެސް ކުރިއަށްދާއިރު މިއީ ކޮންމެ ގައުމެއްގެ މަސް ބޯޓުތަކެއް ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެ އެވެ.
މީގެ ކުރިން ވެސް ކޯސްޓް ގާޑުން ވަނީ މަސްވެރިންނަށް ފެނިގެން ރިޕޯޓްކުރާ ބޭރުގެ އެތަައް އުޅަނދެއް އަތުލައިފަ އެވެ.