Last Updated: October 4, 15:06
Wednesday, October 4, 2023
ޚަބަރު

ގަސް ވިއްކާ ނާސަރީއެއް ހުޅުމާލޭގައި ހުޅުވައިފި

މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ "މާކެ ފެހި" ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ގަސް ވިއްކާ ނާސަރީއެއް ހުޅުވައިފި އެވެ.

އެތަން އިއްޔެ ހުޅުއްވައި ދެއްވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕޭން ކުރައްވަމުން ގެންދަވާ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

އޭނަ ވިދާޅުވި ގޮތުގައި ހުޅުމާލޭގައި ކޮކާ ބަގީޗާއަކާ އެކީ ހުޅުވި އެ ނާސަރީ އަކީ ރާއްޖޭގެ އެންމެ ބޮޑު ނާސަރީ އެވެ. އެގޮތުން އެކި ބާވަތްތަކުގެ ގަހާއި ގަސް ހައްދަން ބޭނުންވާ ތަފާތު އެކި އެއްޗެހި ވިއްކާނެ ކަމަށް ވިދާޅުވި އެވެ. ހުޅުމާލޭގެ ނާސަރީން ވިއްކާ ގަހުގެ ތެރޭގައި މާމެލާމެލީގެ ބާވަތްތަކާއި މޭވާ ގަސްތައް ވެސް ހިމެނޭނެ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މިދިޔަ އަހަރު މާލޭގައި ވެސް ނާސަރީއަކާ އެކީ ގަސް ވިއްކާ ފިހާރައެއް ސިޓީ ކައުންސިލުން ހުޅުވި އެވެ.