Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

ވަރީގެ ލިސްޓަށް އަރިއާނާގެ ކައިވެނި

މި ފަހުން މީޑިއާތަކުން އެންމެ ގިނައިން ފެންނަ ހެޑްލައިންތަކުގެ ތެރޭގައި ހުޅަނގުގެ މަޝްހޫރު ސެލެބްރިޓީންގެ ކައިވެނިތައް ރޫޅެމުންދާ ވާހަކަތައް ހިމެނެ އެވެ. މީގެ ތެރޭގައި ފިލްމީ ތަރިންނާއި މިއުޒިކީ ފަންނާނުން ވެސް ހިމެނެ އެވެ.

މި ލިސްޓަށް މިހާރު ވަނީ އެމެރިކާގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ އަރިއާނާ ގްރަންޑޭގެ ނަން ވެސް އަރައިފަ ޕޭޖް ސިކްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރިއާނާ، 30، އާއި ފިރިމީހާ ޑާލްޓަން ގޮމޭޒް، 28، ގެ ކައިވެނި ރޫޅައިކަން އިއްޔެ ވަނީ ކޯޓަށް ހުށަހަޅައިފަ އެވެ. އެ މީހުން ކައިވެނިކުރީ 2021 ގަ އެވެ.

ދެ އަހަރެއްހާ ދުވަސް ފަހުން ކައިވެނި ރޫޅައިލަން ނިންމި އިރު، އަރިއާނާ އާއި ޑާލްޓަންގެ ގުޅުން މި ފަހުން ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުންޏެވެ. އެގޮތުން "ވިކްޑް" ކިޔާ ފިލްމެއްގެ ޝޫޓިން އަށް އެރިއާނާ މި އަހަރުގެ މެދުތެރޭގައި އިނގިރޭސިވިލާތުގެ ލަންޑަށް ދިޔަ ފަހުން އޭނަ އާއި ޑާލްޓަންގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނަމަވެސް އެ ދެ މީހުންގެ ކައިވެނި ރޫޅައިލަން ނިންމި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން އަރިއާނާ އާއި ރިއަލް އެސްޓޭޓް އޭޖެންޓެއްގެ ގޮތުގައި މަސައްކަތްކުރާ ޑާލްޓަން ވެސް ރަސްމިކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.