Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

ސޮނެވާ ސީކްރެޓް ޖެނުއަރީގައި ހުޅުވަނީ

ރާއްޖޭގައި މިހާރު ވެސް ހިންގަމުން ހިންގަމުން އަންނަ "ސޮނެވާ" ބްރޭންޑްގެ އާ ރިސޯޓެއް އަންނަ އަހަރުގެ ޖެނުއަރީގައި ހުޅުވަން ތައްޔާރީތައް ވާން ފަށައިފި އެވެ.

މި ރިސޯޓަކީ ހދ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ސޮނެވާ ސީކްރެޓްސް އެވެ. އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މި ލަގްޒަރީ ރިސޯޓް ހުޅުވަން ތާވަލުކޮށްފައި ވަނީ ޖެނުއަރީ 10 ގަ އެވެ.

ސޮނެވާ އިން ބުނީ ސޮނެވާ ސީކްރެޓްސް އަކީ ތިމާވެއްޓާ ވަރަށް ރައްޓެހި، ހިތްގައިމު ރިސޯޓަކަށް ވާނެ ކަމަށާއި މިއީ ޓޫރިސްޓުންނަށް މަތީ ފަންތީގެ ގިނަ ހިދުމަތްތަކެއް ލިބޭނެ، ހިދުމަތްތަކުގެ ފެންވަރު ވަރަށް ރަނގަޅު ރިސޯޓަކަށް ވާނެ ކަމަށެވެ.

ސޮނެވާ ސީކްރެޓްގައި ބީޗް ވިލާތަކާއި އޯވަ ވޯޓަ ވިލާތައް ވެސް ހުންނާނެ އެވެ. އަދި މީގެ ތެރޭގައި ލެގޫން ކްރޫޒް ވިލާތަކާއި ރާއްޖޭގެ ފުރަތަމަ ފްލޯޓިން ވިލާ ވެސް ހުންނާނީ އެތަނުގައި ކަމަށް ސޮނެވާ އިން ބުންޏެވެ.

ސޮނެވާ ސީކްރެޓް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ސީޕްލޭންގައި 75 މިނިޓުން ދެވޭ ހިސާބުގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓެކެވެ.

 

View this post on Instagram

 

A post shared by Soneva (@discoversoneva)

ރާއްޖޭގައި މިހާރު ހިންގަމުން އަންނަ ސޮނެވާގެ ރިސޯޓްތަކުގެ ތެރޭގައި ސޮނެވާ ޖާނީ އާއި ސޮނެވާފުށި ހިމެނެ އެވެ.