Last Updated: October 4, 13:32
Wednesday, October 4, 2023
ޚަބަރު

ނިޒާމީ ވޯޓު ގަރާރުގެ މަސައްކަތް ނިމެންދެން މިއަދުގެ ޖަލްސާ ކުރިއަށް ގެންދަނީ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފެނޭތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލާ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރުގެ މަސައްކަތް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ގަސްދުކުރާކަން މަޖިލީހުގެ ރިޔާސަތުން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގަސްދުކުރައްވަނީ މި ގަރާރުގެ މަސައްކަތް ނިމެންދެން ޖަލްސާ ނުނިންމާ ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެގޮތުން މި މައްސަލައިގެ ބަހުސްނިމި، މި މައްސަލަ މުޅި މަޖިލީހުގެ ކޮމިޓީއަކަށް ގެންދެވި، އެ ކޮމިޓީގެ މަސައްކަތް ނިމި، އަލުން އަނބުރާ މައްސަލަ ތަޅުމަށް ހުށަހެޅި، މައްސަލައަށް ވޯޓަށް މިއަދު އެހުން ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަން މި މަސައްކަތުގައި މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންވެސް ބައިވެރިވެވަޑައިގަތުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ނިޒާމީ ވޯޓުގެ ކަންކަންކުރިއަށް ގެންދިއުމަށް ރައީސް ސޯލިހް އެއްބަވެވަަޑައިގަންނަވާކަން އެމަނިކުފާނު ޓީވީގައި ވިދާޅުވި ކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު ފެނުނީ ރައީސް ސޯލިހްގެ ޕާޓީގެ ވަރަށް މަދު މެންބަރަކު ފިޔަވާ އެހެން މެންބަރުން ޖަލްސާއަށް ވަދެވަޑައިނުގެން ކުޑަދަށުގައި ތިއްބެވި މަންޒަރު ކަމަށެވެ.