Last Updated: July 31, 23:36
Thursday, July 31, 2025
ޚަބަރު

އުމަރުގެ ނިންމުން މިރޭ ހާމަކުރަނީ

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަމަލު ކުރާނެ ގޮތެއް މިރޭ އިއުލާން ކުރައްވާނެ ކަމަށް އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދަވައިގެން ދެވަނަ ބުރަށް ދަތުރުކުރީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާ ގުޅޭ ގޮތުން އޭނާއާ "ނިއު ޑިރެކްޝަން" ޓީމުން ނިންމާ ނިންމުން މިރޭ އިއުލާން ކުރާނެ ކަމަށެވެ. އެ ނިންމުން އިއުލާނު ކުރަނީ މިރޭ 9:30 ގައި ފޭސްބުކާއި ޓިކްޓޮކް މެދުވެރިކޮށް ކަމަށް އުމަރު ވިދާޅުވި އެވެ.

ދެވަނަ ފަހަރަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައި އުމަރު ވަނީ މި ފަހަރު ހަތަރު ވަނަ ހޯއްދަވައިފަ އެވެ. ޖުމްލަ 8 ކެންޑިޑޭޓުން ވާދަކުރި އިންތިހާބުގައި އޭނަ އަށް ލިބިވަޑައިގަތީ 6،343 ވޯޓެވެ.