Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

އިންޓަނޭޝަނަލް ޑްރައިވިން ލައިންސަންސަކަށް ފުރުސަތު

އިންޓަނޭޝަނަލް ޑްރައިވިން ލައިސަންސްގެ ތަމްރީން ޕްރޮގްރާމަކަށް ޓްރާންސްޕޯޓު މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން އިިއްޔެ ކުރި އިޢުލާނެއްގައި ބުނީ ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ޓްރޭނިން ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގައި މިހާރު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިނިސްޓްރީން ދޫކުރާ ލައިސަންސްތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި ބޭނުންވާ، އޭ-ޒޯނުގެ ދާއިމީ ލައިސަންސް ލިބިފައިވާ މީހުން ޓްރާންސްޕޯޓްގެ ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް މިހާރު އެޕްލައިކުރެވޭނެ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނި ގޮތުގައި ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ބޭނުންކުރެވޭ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް "ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968" ގައި ބައިވެރިވެފައިވާ ގައުމުތަކުގައި ގަބޫލުކުރާނެކަ މަށެވެ.

މި އަހަރުގެ ޖެނުއަރީ 9 ގައި ރާއްޖެ އިން ވަނީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް 1968 ގައި ބައިވެރިވެފަ އެވެ. އެ ކޮންވެންޝަން ޖުމްލަ 99 ގައުމަކުން ބަލައިގަނެ އެވެ.