Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ދެވަނަ ބުރުގައި މާކް ޖަހާނީ މެދު އިނގިލީގައި

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލާ މީހުން ފާހަގަކުރަން މާކް ޖަހާނީ ވާތުގެ މެދު އިނގިލީގައި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މި މަހުގެ 9 ގައި ބޭއްވި ފުރަތަމަ ބުރުގައި މާކް ޖެހީ ވާތުގެ ޝަހާދަތް އިނގިލީގަ އެވެ. އިންތިހާބުތަކުގައި ވޯޓްލިކަން ފާހަގަކުރަން އާންމު އުސޫލަކީ ވެސް އެއީ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. ވޯޓްލުން ކުރިއަށް ދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 5:00 އަށެވެ.

ދެވަނަ ބުރުގައި ވާދަކުރަށްވަނީ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުޙައްމަދު މުޢިއްޒެވެ.