Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ނަޝީދުގެ ބޭބެ ނާޝިދުގެ ވޯޓް މުއިއްޒަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުފެ ބޭބެ ޑރ. އަހުމަދު ނާޝިދު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްދު މުއިއްޒަށް ވޯޓް ދެއްވައިފި އެވެ.

ވޯޓް ލެއްވުމަށް ފަހު އިނގިލީގެ ފާހަގައިގެ ފޮޓޯއަކާ އެކީ އެކްސްގައި މުއިއްޒު ޓެގް ކުރައްވައި، ނާޝިދު ވިދާޅުވީ އޭނަގެ ވޯޓް މުއިއްޒަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ނަޝީދުގެ ބޭބެގެ ވޯޓް އިދިކޮޅު ކެންޑިޑޭޓް މުއިއްޒަށް ދެއްވި އިރު، ދެވަނަ ބުރުގައި އެއްވެސް ކެންޑީޑޭޓަކަޑް ތާއީދު ނުކުރައްވާ ކަމަށާއި އަދި އެ މަނިކުފާނު މިހާރު ނިސްބަތްވާ ޕާޓީ، ދަ ޑިމޮކްރެކްޓްސް އިން ބުނެފައިވެ އެވެ. ނަމަވެސް އެމްޑީޕީން ބުނެފައި ވަނީ ޑިމޮރެކްޓްސް އަކީ އެމްޑީޕީގައި އުޅުނު ބަޔަކު އުފެއްދި، އެއް ފިކުރުގެ ބަޔަކު ނިސްބަތްވާ ޕާޓީއަކަށްވާތީ އެ ޕާޓީގެ ގިނަ މެމްބަރުން ތައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓް ދޭނެ ކަމަށެވެ.

ނަޝީދުގެ ތާއީދު ހޯދަން އިންތިހާބުގެ ކުރިން ރައީސް ސީދާ ނަޝީދާ ވެސް ބައްދަލުކުރެއްވި އެވެ. ނަމަވެސް ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ތާއީދު އޮތީ، ޑިމޮކްރެޓްސް އިން އިންތިހާބުގެ ފުރަަމަ ބުރުގައި ވާދަކުރެއްވި ކެންޑިޑޭޓް އިލްޔާސް ލަބީބަށް ކަމަށެވެ.

ދެވަނަ ބުރުގެ ވޯޓްލުން ފެށީ ހެނދުނު 8:00 އެވެ. ވޯޓްލުން ހަވީރު 5:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.