Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ފޭދޫ މެމްބަރަށް ބަޔަކު ހަމަލާ ދީގެން ފަރުވާ ދެނީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ބަޔަކު މިއަދު ހަަމަލާ ދިނުމާ ގުޅިގެން ފަރުވާ ދޭން ފަށައިފި އެވެ.

އޭނަ އަށް ގްރޫޕެއްގެ ބަޔަކު ހަމަލާދިން އިރު، މިއަދު ހެނދުނު ވޯޓްލާން ފެށި އިރު، ފޭދޫގެ ވޯޓްތައް ފޮށި ބަހައްޓާފައި ހުރި ފޭދޫ ސްކޫލް ކައިރީގައި ނިހާދު ވަރަށް ހެނދުނުން ފެށިގެން ހަރަކާތްތެރިކޮށް އުޅުއްވަމުން ގެންދެވި އެވެ. އެނގިފައިވާ ގޮތުގައި ބަޔަކު އޭނަ އަށް ހަމަލާދިނީ ޒުވާބެއްގެ ތެރޭގަ އެވެ.

ނިހާދަށް ފަރުވާ ދެމުން އަންނަނީ ފޭދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް ލިބުނު ގެއްލުންތަކުގެ މާ ބޮޑު ތަފުސީލަކާއި މިކަން ހިނގަން ދިމާވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

މި ހާދިސާއާ ގުޅިގެން ސިއްހީ މަރުކަޒު ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ވޯޓްލާ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ފުލުހުން ހަރަކާތްތެރިވަމުން ދެ އެވެ.

ނިހާދަށް ހަމަލާދިން މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.