Last Updated: May 11, 17:23
Sunday, May 11, 2025
ޚަބަރު

ނަރީޝް, މިނިސްޓަރު އިމްރާނަށް އިންޒާރު ދީފި

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް, ހޯމް މިނިސްޓަރު އިމްރާން އަބްދުالله އަށް އިންޒާރު ދީފި އެވެ.

އަދާލަތު ޕާޓީން ބުނީ މިނިސްޓަރު އިމްރާން ގިޔާސުއްދީން ސުކޫލުގައި ހުރި ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވަނިކޮށް ނަރީޝް، އިމްރާނާއި ދިމާލަށް އަވަގުރާނަ ގޮވާ އަޑުގަދަކޮށް އިންޒާރު ދީފައިވާ ކަމަށެވެ.

އަދި ރެއިން ފެށިގެން މިކަހަލަ ބިރުދެއްކުމުގެ ކަންކަން ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނުން ހިންގާތީ އެކަން ހުއްޓާލުމަށް އަދާލަތުން ވަނީ ގޮވާލާފަ އެވެ.

މިނިސްޓަރު އިމްރާނަށް އިންޒާރު ދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ދެ މެމްބަރުން ކަމަށްވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ވެސް ބަޔަކު ވަނީ މިއަދު ހަމަލާދީފަ އެވެ.

މި މައްސަލަތައް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.