Last Updated: May 11, 17:05
Sunday, May 11, 2025
ޚަބަރު

މިހާތަނަށް 70 ޕަސެންޓް މީހުން ވޯޓު ލައިފި

މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ހައްގުވާ 70 ޕަސެންޓް މީހުން ވޯޓުލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މެންދުރު 3 ޖެހުމާ ހަމައަށް 70 ޕަސެންޓް މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ 199،023 މީހުންނެވެ. އަދި ވޯޓުނުލާ 83،781 މީހުން އެބަތިބި ކަމަށް އީސީގެ ތަފާސް ހިސާބުން ދައްކަ އެވެ.

ދެވަނަ ބުރުގައި 282،804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ.

ވޯޓުލުން ފެށީ ހެނދުނު 8 ޖެހިއިރު ކަމަށްވާއިރު ވޯޓުލުން ނިމޭނީ 5 ޖަހާއިރު އެވެ.