Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ހިތަދޫގައި ދަންޖެހެން އުޅުނު މީހަކު ސަލާމަތްކޮށްފި

އާއިލީ މައްސަލައެއްގައި އައްޑޫ ހިތަދޫގައި ދަންޖެހެން އުޅުނު މީހަކު ސަލާމަތްކޮށް، އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ ދެންވަރު ޖަންޖެހެން އުޅުނީ 37 އަހަރުގެ ފިރިހެނެއް ކަމަށާއި އެ ހާދިސާ ހިނގީ ހިތަދޫގެ ފްލެޓެއްގެ ތިން ވަނަ ބުރީގައި ކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މެންދަމު 2:00 ޖަހަން އުޅެނިކޮށެވެ. އެއާ އެކީ ފުލުހުން ދިޔަ އިރު، ފްލެޓްގެ ދޮރު ތަޅުލާފައި ހުރުމުން ދޮރު ވައްޓާލައިގެން ވަދެ، ދަންޖެހެން އުޅުނު މީހާ ސަލާމަތްކޮށް، ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ހިތަދޫ ޕޮލިސް ސްޓޭޝަނުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.