އިިއްޔެ ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން އޮތީ މެންދުރު ފަހު ރައީސް އޮފީހުގަ އެވެ. ނަމަވެސް މި ބައްދަލުވުމާ ބެހޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
އިއްޔެގެ އިންތިހާބު މުއިއްޒު ކާމިޔާބުކުރެއްވީ 129،159 ވޯޓުންނެވެ. ރައީސަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ.
މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް ރޭ މަރުހަބާ ވެސް ވިދާޅުވެފައިވެ އެވެ.