އިއްޔެގެ ރިޔާސީ އިންތިހާބުގެ ކާމިޔާބީއާ ގުޅިގެން ޑރ. މުހައްމަދު މުއިއްޒު ބާއްވަވާ ހާއްސަ ބައްދަލުމެއް މިރޭ މާލޭގައި ބާއްވަން ނިންމައިފި އެވެ.
އެ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި އާޓިފިޝަލް ބީޗްގަ އެވެ. މި ބައްދަލުވުމުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ދައުވަތު ދީފައިވެ އެވެ.
ރިޔާސީ އިންތިހާބު މުއިއްޒު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވަ އެވެ. އިއްޔެ ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގައި މުއިއްޒަށް 129،159 ވޯޓް ލިބިވަޑައިގަތެވެ. އެއީ ވޯޓްލީ މީހުންގެ 54 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ ވޯޓްލި މީހުންގެ 46.1 ޕަސެންޓެވެ.