އޯގާތެރި އަދި އަދުލުވެރި ވެރިއަކަށް ޑރ. މުހައްމަދު މުއިއްޒު ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް މި ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު މުއިއްޒި ކާމިޔާބުކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައި އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ "އަނިޔާވެރި ނޫން، އޯގާތެރި، އަދުލުވެރި ވެރިކަމެއް މުއިއްޒު] ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން" ކަމަށެވެ.
އިންތިހާބުގެ ކުރިން ޔުމްނާ ގެންދެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ދިނުމަށް އެދިވަޑައިގަންނަވަމުންނެވެ. އަދި ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބިއްޖެ އަށް ރާއްޖެ އަލުން އެނބުރި ދާނީ ކުރިން އޮތް ފަދަ އަނިޔާވެރި ކަމަކަށް ކަމަށް ވިދާޅުވެފައިވެ އެވެ.
މުއިއްޒަށް ޔުމްނާ މަރުހަބާ ވިދާޅުވި އިރު، އޭނައާ އެއްބަނޑު ބޭފުޅުންގެ ތެރެއިން ގައްސާން މައުމޫނާއި ދުންޔާ މައުމޫނަކީ ޕީޕީއެމްގެ މެމްބަރުންނެވެ. ދުންޔާ އަލުން ޕީޕީއެމާ ގުޅިވަޑައިގަތީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އިންތިހާބުގެ ފުރަތަމަ ބުރު މިދިޔަ މަހުގެ 9 ގައި ބޭއްވި އިރު، ކުރީގެ ފޮރިން މިނިސްޓަރަކީ އިންތިހާބުގައި ވާދަކުރެއްވި ކާނަލް މުހައްމަދު ނާޒިމްގެ ޕާޓީ، އެމްއެމްޕީގެ މެމްބަރެކެވެ.
އެ ޕާޓީ ވަނީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމާ އެކީ ކޯލިޝަން ހަދައިފަ އެވެ.
ޔުމްނާއީގެ އާއިލީ ބޭފުޅުންގެ ތެރެއިން އެއްބަނޑު އެއްބަފާ ފާރިސް މައުމޫނަކީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ބޭފުޅެކެވެ.