ވެރިކަން ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން، އަލަށް ރައީސްގެ މަގާމަށް އިންތިހާބުވެވައިގަތް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ކުރަން ޖެހޭ ކަންކަމަށް ހާއްސަ އިންތިގާލީ ކޮމިޓީގެ ވެރިއަކަށް އަބްދުއްރަހީމް އަދުރޭ) ހަމަޖަސައްސައިފި އެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރަކީ މުއިއްޒު ނިސްބަތްވާ ޕާޓީ، ޕީއެންސީގެ ރައީސް ވެސް މެ އެވެ. އެނގިފައިވާ ގޮތުގައި މުއިއްޒުގެ އިންތިގާލީ ކޮމިޓީގެ ވެރިއަކަށް އަނދުރާ ހަމަޖައްސައި އެކަން މިހާރު ވަނީ ސިވިލް ސާވިސް ކޮމިޝަން ސީއެސްސީ) އަށް ވެސް އަންގައިފަ އެވެ.
ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އޮމާންކޮށް ކުރިއަށް ގެންދަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް އިއްޔެ ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ. އެ ކޮމިޓީގެ އިސް ބޭފުޅަކަށް ހުންނަވާނީ ރައީސް އޮފީހުގެ ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް ޙުސައިން ޢާމިރެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް، ރައީސް އޮފީހުގެ ފަރާތުން ވިލަރެސް ކުރައްވާނީ، ޗީފް އޮފް ސްޓާފް ޢަލީ ޒާހިރެވެ.
މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ.
ނަމަވެސް މިއަދު ރައީސް ބޭއްވި ނޫސް ކޮންފަރެންސެއްގައި ވިދާޅުވީ ނޮވެމްބަރު މަހުގެ 11 ގައި ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ގެންދެވިދާނެތޯ ސާފުކުރަން ގާނޫނީ ލަފާ ހޯއްދަވަމުން ގެންދަވާ ކަމަށެވެ.