Last Updated: May 11, 21:55
Sunday, May 11, 2025
ޚަބަރު

ބީއެމްއެލްގެ ނަމުގައި ފޭކް މެސެޖެއް، ސަމާލުވޭ!

އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ކުރާ ކަސްޠަމަރުންގެ މައުލޫމާތު އަޕްޑޭޓްކުރަން އެދި ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިލްތިމާސްކޮށްފި އެވެ.

ގައުމީ ބޭންކުން އެ މެސެޖަކީ މަކަރާ ހީލަތުން ޒާތީ މައުލޫމާތު ހޯދުމުގެ ބޭނުމުގައި ފޮނުވާ މެސެޖުތަކެއް ކަމަށާއި އެ މެސެޖުތައް ފޮނުވަނީ ބީއެމްއެލްގެ ނަމުގައި ފޭކު ނަންބަރުތަކަކުން ކަމަށެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވާ މެސެޖުތަކުގައި ބުނެފައި ވަނީ ބޭންކް އެކައުންޓު ހޯލްޑްކޮށްފައިވާ ކަމަށާއި މައުލޫމާތު އަޕްގްރޭޑް ކުރުމަށެވެ. މައުލޫމާތު އަޕްގްރޭޑް ކުރުމަށް ކަމަށްބުނެ ލިންކެއް ވެސް މެސެޖާ އެކީ ހިމަނާފައިވެ އެވެ.

މިއީ މަކަރާއި ހީލަތުގެ އަމަލެއް ކަމަށްވާތީ ބޭންކުން ވަނީ ލިންކަށް ނުވަނުމަށާއި އެފަދަ މެސެޖުތައް ކަސްޓަމަރުންނަށް ނުފޮނުވާނެކަން ޔަގީންކޮށް ދީފަ އެވެ.

ފަހަކަށް އައިސް ބީއެމްއެލްގެ ނަމުގައި އެކި ގޮތްގޮތަށް ސްކޭމްތައް ހިންގުމުގެ މައްސަ،ލަތައް ވަރަށް ބޮޑެވެ.