Last Updated: May 9, 11:16
Friday, May 9, 2025
ޚަބަރު

ޔާމީންގެ އިސްތިއުނާފް އަޑުއެހުމެއް އާދީއްތަ ދުވަހު

ކުރީގެ ރައީސް އަބްދުالله ޔާމީން ހައިކޯޓުގައި-

އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖުލު ހުކުމްގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ހައި ކޯޓުގައި ބޭއްވުމަށް ނިންމައިފި އެވެ.

ޔާމިންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް މިރޭ ވިދާޅުވީ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައިކޯޓުގައި މިހާރު ތާވަލްކޮށްފައިވާ ކަމަށެވެ. އެ އަޑުއެހުން އޮންނާނީ އެ ދުވަހުގެ މެންދުރު 13:45 ގައި ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

ޔާމީންގެ އިސްތިއުފާ މައްސަލަ ނިމުމަކާ ގާތަށް ގޮސްފައިވާއިރު، ރިޔާސީ އިންތިހާބު އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމާއެކު ޔާމީން ވަނީ ވަގުތީ ގޮތުން ގެއަށް ބަދަލުކޮށްފަ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިން ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު ޝަރީއަތް ހައިކޯޓުގައި ކުރިއަށްދާއިރު ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކުގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ވެސް އަންނަނީ ހިނގަމުންނެވެ.