Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

އައްސަދަށް ތިން ވަނަ ސާޖަރީއެއް؛ އެހީ ބޭނުން

ލޮލަށް ބުޅިއެއް ހެރުމާ ގުޅިގެން އިންޑިއާ އިން ހަދަން ޖެހޭ އިތުރު ސާޖަރީއަކަށް އާންމުންގެ އެހީ އަށް އައްޑޫ ހިތަދު އަށް ނިސްބަތްވާ އަބްދުﷲ އައްސަދު އަނެއްކާ ވެސް އެދިއްޖެ އެވެ.

އިންޑިއާ އިން ހަދަން ޖެހޭ ސާޖަރީ އަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ވެސް އޭނަ އާންމުންގެ އެހީ އަށް އެދުނެވެ. ހިތަދޫ ސިޑްނީގޭ އައްސަދު، 38، ގެ ލޮލަށް ބުޅިއެއް ހެރުނީ މެއި މަހުގެ 30 ގައި ކަންނެލި މަސްވެރިކަމަށް ގޮސް އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން އޭނަ އިމަޖެންސީގައި އޭނަ މާލެ ގެންގޮސް އައިޖީއެމްއެޗްގައި ވެސް ސާޖަރީއެއް ހެދި އެވެ.

އޭރު ޑޮކްޓަރު ވިދާޅުވެފައި ވަނީ އައްސަދުގެ ލޮލުގެ ހުދު ކަޅީގައިވާ ހުރިހާ ޓިޝޫސްތަކެއް ހަލާކުވެފައިވާ ކަމަށާއި ކަޅު ކަޅީގެ ބައެއް ޓިޝޫތައް ހަލާކުވެފައިވާ ކަމަށެވެ. އެހެންވެ ދެވަނަ ސާޖަރީއެއް ހަދަން ލަފާ ދެއްވި އެވެ. އެގޮތުން ދެވަނަ ސާޖަރީ ހަދަން އާސަންދައިގެ އެހީގައި އިންޑިއާގެ ޓްރިވެންޑްރަމަށް ގޮސް "ޗައިތަނިޔާ އައި ހޮސްޕިޓަލް" ގައި ދެވަނަ ސާޖަރީ ހަދާފައިވާ ކަމަށް އައްސަދު ބުންޏެވެ.

ނަމަވެސް ތިން މަސް ފަހުން އިތުރު ސާޖަރީއެއް ކުރުމަށް އަނބުރާ އިންޑިއާ އަށް ދާންޖެހޭ ކަމަށް ޑޮކްޓަރުން އޮތީ ލަފާ ދެއްވައިފަ އެވެ. އެ ސާޖަރީ އަކީ ލޮލުގެ ލެންސް ލެއްވުމަށް ކުރެވޭ ސާޖަރީއެއްކަމުން ލެންސް ލެއްވުމަށް ލޮލުން 60 ޕަސެންޓް ފެންނާނެ ކަމުގެ ޔަޤީންކަން ވެސް ޑޮކްޓަރުން ދެއްވާފައިވާ ކަމަށް އައްސަދު ބުންޏެވެ.

އެހެންވެ މި ފަހަރު އަނެއްކާ ވެސް އޭނަ އެދެނީ އާންމުންގެ ދީލަތި އެހީ އަށެވެ. އޭނަ ބުނީ ފުރަތަމަ ބުރުގައި ވެސް އިންޑިއާ ފަރުވާއަށް އިންޑިއާއަށް ދިޔައީ އާސަންދައިގެ އިތުރުން ހެޔޮއެދޭ މީހުންގަ އެހީގައެވެ. އެންސްޕާ އާއި ޒަކާތު ފަންޑަށް އެހީއަށް އެދުމުން އެއިން ތަނަކުން އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމމަށް އައްސަދު ބުންޏެވެ.

"ނަމަވެސް މި ވަގުތު އަޅުގަނޑުގެ ޙާލަތު ހުރި ގޮތުން އެއްވެސް ވަޒީފާއެއް އަދާކުރެވެން ނެތުމާ ގުޅިގެން އަލުން ބޭސްފަރުވާ އަށް އިންޑިއާއަށް ދިއުމަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވޭ." އޭނަ ބުންޏެވެ. "އެހެންކަމުން އަޅުގަނޑު އެދެނީ އިންޑިއާގައި އަޅުގަނޑުގެ ހުރުމާއި ކެއުމުގެ ޚަރަދުތައް ބެލެހެއްޓުމަށް ހެޔޮ އެދޭ އެންމެހާ ފަރާތްތަކުގެ އެހީވެވެން އޮތް މިންވަރަކުން އެހީވެ ދިނުމަށް."

* އެކައުން ނަންބަރު: 7730000584661
* އެކައުންޓު ނަން: Amh Az
* ގުޅޭނެ ނަމްބަރު: 9908313