Last Updated: April 29, 22:11
Tuesday, April 30, 2024
ޚަބަރު

އެޗްއާރްސީއެމްގެ މެމްބަރު ކަމަށް އަލުން ހުޅުވާލައިފި

އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އަލުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ބުނީ އަލުން ފުރުސަތު ހުޅުވައިލުމާ ގުޅިގެން ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ ބުރާސްފަތި ދުވަސް ކަމަށެވެ.

އެޗްއާރްސީއެމްގެ މެންބަރުކަމުގެ މަގާމު ހުސްވީ ނައިބު ރައީސް ޑރ. އަހުމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންވެ މެމްބަރު ކަމަށް ކުރިމަތިލާން މި މަހުގެ 8 ގައި ހުޅުވާލައި ދިން ސުންގަޑި ހަމަވީ މި މަހުގެ 16 އަށެވެ.

އެޗްއާރުސީއެމް އެކުލެވިގެން ވަނީ 5 މެމްބަރުންގެ މައްޗަށެވެ.