Last Updated: May 20, 01:49
Sunday, May 19, 2024
ރިޕޯޓް

މިއްސަތުގެ އޮޕަރޭޝަނަށް އެހީވަމާ!

މިއްސަތު ބައްޕައާ އެކީ.

މުހައްމަދު މިއްސަތު މައުސޫމަކީ އުފަންވި އިރު ވެސް އުނަގަނޑުން ތިރި ރަނގަޅަށް އުފެދިފައި ނެތުމުން ހިނގުމުން ނުކުޅެދިފައިވާ ކުއްޖެކެވެ. އައްޑޫ ފޭދު އަށް އުފަން އުމުރުން 9 އަހަރުގެ މި ކުއްޖާ މިހާތަނަށް އެތަކެއް އޮޕަރޭޝަނެއް ވެސްކޮށްފި އެވެ.

ފޭދޫ ސްކޫލްގައި ކިޔަވަމުން އަންނަ މިއްސަތަށް އަނެއްކާ ވެސް މި އޮތީ އޮޕަރޭޝަނެއް ކުރަން ޖެހިފަ އެވެ. އެއީ އިންޑިއާގެ ކޮއިންބަތޫރުގައި ހުންނަ ގަންގާ ހޮސްޕިޓަލްގަ އެވެ. އޮޕަރޭޝަން ކުރަން އޮތީ އަންނަ އަންގާރަ ދުވަހު އެވެ. މި އޮޕަރޭޝަނަށް ފަހު މަދުވެގެން ހަތަރު ވަރަކަށް މަހަށް އިންޑިއާގައި މަޑުކުރަން ޖެހެ އެވެ.

އެހެންވެ މިއްސަތު އާއިލާގެ މާލީ ތަނަވަސްކަން ހުރި ގޮތުން އެހާ ގިނަ ދުވަހު އިންޑިއާގައި މަޑުކޮށްގެން ތިބެން ދަތި ކަމަކަށްވާތީ، އެކަމަށް މާލީ ގޮތުން އެހީތެރިވެ ދޭން އާއިލާ އިން އެދެ އެވެ. އެހީތެރިވެދޭން އެކައުންޓަށް ފައިސާ ޖަމާކުރެވިދާނެ އެވެ. ކޮންމެ މީހަކަށް ދެވެން އޮތް މިންވަރަކު މިއްސަތަށް އެހީމަވާ ހިނގާށެވެ.

މިއްސަތަކީ ބޮޑު ނުކުޅެދުންތެރިން ކަމެއް ހުއްޓަސް ކުރިމަގާ އުންމީދުތަކެއް ކުރާ ކުއްޖެކެވެ. އެކި ކަންކަމުގައި ބައިވެރިވާ ވަރަށް އެކްޓިވް ދަރިވަރެކެވެ. މިއްސަތަކީ ފުޓުބޯޅަ އާއި ހޭންޑްބޯލް އާއި ވޮލީ ވެސް ކުޅޭ ކުއްޖެކެބެ .އޭނަ އަކީ ސްކޫލްގެ ކަބްސްކައުޓްގައި ވެސް އުޅޭ ދަރިވަރެކެވެ. ވާހަކަ ދެއްކުމުގެ މުބާރާތާއި ސައިންސް ފެއާ ފަދަ މުބާރާތްތަކުގައި ހުނަރާއި ހިތްވަރު މި ކުއްޖާ އާއިލާ އިން ވެސް މިއްސަތާ މެދު ފޮނި ހުވަފެންތަކެއް ދެކެ އެވެ.

ރަނގަޅު ސިއްހަތެއްގައި ދަރިފުޅު ބޮޑުކުރުމަށް އާއިލާ އަށް ކުރެވެން އޮތްހާ އަންނަނީ ކުރަމުންނެވެ.