Last Updated: July 27, 10:35
Saturday, July 27, 2024
ޚަބަރު

އުރީދޫގެ ގޭމިން ފެސްޓިވަލްގެ ވަނަތައް ހޮވައިފި

"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގެ ނަމުގައި އުރީދީ މޯލްޑިވްސް އިން ބޭއްވި ގޭމުން ފެސްޓިވަލް ނިންމާލައި ރޭ ވަނަތައް ހޮވައި އިނާމު ދީފި އެވެ.

ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ގޭމިން ފެސްޓިވަލުގައި 350 އަށް ވުރެ ގިނަ ގޭމަރުންނާއި އީ-ސްޕޯޓްސް އަށް ލޯބިކުރާ މީހުން މައިވެރިވި އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ރޭގެ ނިޔަލަށް ހުޅުމާލޭގައި ހުންނަ އުރީދޫގެ ހެޑްކުއާޓަރުގައި ކުރިއަށް ގެންދިޔަ ފެސްޓިވަލްގެ މުބާރާތްތަކުން މޮޅުވި ފަރާތްތަކުގެ އިތުރުން، މުޅި އަހަރުގެ ތެރޭގައި އީ-ސްޕޯޓްސްގެ އެކިއެކި ކެޓެގަރީތަކުން އެންމެ ފާހަގަކޮށްލެވޭ ގޭމަރުންނާއި ޓީމުތައް އަދި ކޮމިއުނިޓީތައް ރޭ ބޭއްވި ހަފުލާގައި ވަނަތައް ދިނެވެ.

އެގޮތުން ފެސްޓިވަލުގައި ކުރިއަށް ގެންދިޔަ ކޮސްޕްލޭ ކޮމްޕެޓިޝަންގައި ބައިވެރިވި ފަރާތްތަކުގެ ކޮސްޓިއުމާއި ކެރެކްޓާ ދައްކާލުމުގެ ކޮސްޕްލޭ ޝޯއެއް ވެސް ބާއްވާފައިވެ އެވެ.ކޮސްޕްލޭ ޝޯގައި 11 ބައިވެރިންގެ އުފެއްދުންތެރިކަމާއި ހުނަރު ދައްކާލި އިރު، ޝޯގެ އެއް ވަނަ ހޯދާފައިވަނީ ފްރައި ބޯއީ ކެރެކްޓާގެ ގޮތުގައި ބައިވެރިވި އަހުމަދު ވިޝާމެވެ. އޭނަ އަށް 10،000ރ. ގެ ފައިސާގެ އިނާމެއް ލިބިފައިވެ އެވެ.

ފެސްޓިވަލްގައި ގޭމިންގެ ތަފާތު ވާދަވެރި މުބާރާތްތައް ކުރިއަށް ގެންދިޔަ އެވެ.

ރޭސިން ސިމިއުލޭޓަރު ޖީޓީ 7 މުބާރާތުން ވަނަ ހޯދި ފަރާތްތައް:

ޗެމްޕިއަން: އަޔާން އަހުމަދު ޝާނީޒް: 11،000ރ.
ދެ ވަނަ: އަލީ އަޝްހަމް އަބްދުލް ހަމީދު: 8،000ރ.
ތިން ވަނަ: އަހުމަދު އަލްވިން އައްސިދު ޒާހިރު: 6،000ރ.

ޓެކެން މުބާރާތުން ވަނަ ހޯދި ފަރާތްތައް:

ޗެމްޕިއަން: އަހުމަދު އަބާން: 5،000ރ.
ދެ ވަނަ: އަމީލް އިސްމާއީލް – 3،000ރ.
ތިން ވަނަ: އަހުމަދު ތާބިޝް – 2،000ރ.

އީއޭއެފްސީ 24 ފުޓްބޯލް ގޭމިން މުބާރާތުން ވަނަ ހޯދި ފަރާތްތައް:

ޓޮޕް ސްކޯރާ އަދި ޗެމްޕިއަން: މުހައްމަދު އައިމަން އަހުމަދު: 25،000ރ.
ދެ ވަނަ: އަބްޔާން އަލީ ނިހާދު: 10،000ރ.
ތިން ވަނަ: މުހައްމަދު ޒަމީލް ޒިހުނީ: 5،000ރ.ގެ

އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް އިން ވަނަ ހޯދި ފަރާތްތައް:

ޗެމްޕިއަން: 50،000ރ. ގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދީ ޓީމް އީޓޫއެސް ޓީއެމް7
ދެ ވަނަ: 20،000ރ. ގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދީ ޓީމް އީޓޫއެސް އަކަޓްސުކީ
ތިން ވަނަ: 10،000ރ. ގެ ފައިސާގެ އިނާމާ އެކު ޗެމްޕިއަންކަން ހޯދީ ޓީމް އާރުޖީސީ ސިންޑިކޭޓް
ހަތަރު ވަނަ: 5،000ރ. ގެ ފައިސާގެ އިނާމާ އެކު ޓީމް އާރްޖީސީ ޑެނޯ
އެމްވީޕީ: 1500ރ. ގެ ފައިސާގެ އިނާމާ އެކު މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ޓީމް އީޓޫއެސް ޓީއެމް7ގެ ހައިޝަމް ވަހީދު

އުރީދޫ ނޭޝަން ގޭމާސް އެވޯޑްގެ ދަށުން، ގޭމިން އެންޑް އީސްޕޯޓްސް ކޮމިއުނިޓީއަށް ހާއްސަ އެވޯޑުތަކެއް ވެސް ދީފައިވެ އެވެ.

* ބެސްޓް ގޭމިން އޯގަނައިޒޭޝަން: އީޓޫއެސް ގޭމިން
* ބެސްޓް ސާވިސް އިން އީސްޕޯޓްސް: މޯލްޑިވްސް އީ ސްޕޯޓިން އެސޯސިއޭޝަން (މެސާ)
* ޓޮޕް އެޗީވިން ކްލޭން: ރެޖިސައިޑް އީސްޕޯޓްސް
* ބެސްޓް ގޭމިން ކޮމިއުނިޓީ (ކޮންސޯލް އެންޑް ޕީސީ): އެޕެކްސްއެމްވީ
* ބެސްޓް ގޭމިން ކޮމިއުނިޓީ (މޮބައިލް): ޕަބްޖީއެމް ކޮމިއުނިޓީ
* އަހަރުގެ އެންމެ މޮޅު އީސްޕޯޓްސް ޓީމު: އާރްޖީސީ އޮޕެކްސް
* އެންމެ މޮޅު ޕަބްޖީއެމް ކުޅުންތެރިޔާ: މުހައްމަދު ހައިޝަމް ވަހީދު
* އެންމެ މޮޅު އެމްއެލްބީބީ ކުޅުންތެރިޔާ: ނަބީލް އައްބާސް
* އެންމެ މޮޅު އެފްސީ 24 މޮޅު ކުޅުންތެރިޔާ: ޒަކްވާން ޝިހާދު
* އެންމެ މޮޅު އެފްޕީއެސް ކުޅުންތެރިޔާ: މުހައްމަދު ޝާއިފް
* އަހަރުގެ އެންމެ މޮޅު ކާސްޓާ: މުހައްމަދު ރައްޔާން މާހިރު

ފެސްޓިވަލްގެ އިތުރު އެވޯޑުތައް:

* އެންމެ މޮޅު އީސްޕޯޓްސް ޕީސީ ކުޅުންތެރިޔާ: ހަސަން އަސީލް ރަޝީދު
* އެންމެ މޮޅު އީސްޕޯޓްސް މޮބައިލް ކުޅުންތެރިޔާ: އަހުމަދު މާހިލް މުހައްމަދު
* އެންމެ މޮޅު އީސްޕޯޓްސް ކޮންޓްރޯލާ ކުޅުންތެރިޔާ: މުހައްމަދު ޒަމީލް ޒިހްނީ

"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ގޭމިން ކޮމިއުނިޓީ އާއި ގޭމް ކުޅޭ ފަރާތްތަކާއި ޓީމްތަކާއި އީ-ސްޕޯޓްސް ޖަމިއްޔާތަކުގެ ކުރިއަރުވަން އިސްކަން ދީގެން ބޭއްވި ފެސްޓިވަލެކެވެ. މިއަށް އުރީދޫން ޖުމްލަ 1،85،000ރ. ގެ ފައިސާ އިނާމު ކަނޑައެޅި އެވެ.