Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

އެޕަލްގެ އާ އިވެންޓަކީ "ސްކޭރީ ފާސްޓް"

އައިފޯން 15 ގެ އިތުރުން ވެސް އާ އުފެއްދުންތަކެއް ދައްކައިލި މިދިޔަ މަހުގެ އިވެންޓަށް ފަހު، އެޕަލް އިން އަނެއްކާ ވެސް ބޮޑު އިވެންޓަކަށް ތައްޔާރުވެއްޖެ އެވެ.

މި އިވެންޓަކީ މި މަހުގެ 30 ގައި ބާއްވާ "ސްކޭރީ ފާސްޓް" އެވެ.

މި އިވެންޓް ބާއްވަން ހަމަޖެހިފައި ވަނީ އޮންލައިންކޮށެވެ. ނަމަވެސް އިވެންޓްގައި ދައްކައިލާނެ އާ އެއްވެސް އުފެއްދުމަކާ ބެހޭ އެއްވެސް ވާހަކައެއް އެޕަލް އިން ހިއްސާއެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ އިވެންޓްގައި އާ އައިމެކާއި މެކްބުކްތަކެއް ދައްކައިލާނެ އެވެ.

އެޕަލް އިން އައިފޯން 15 ގެ ހަތަރު މޮޑެލްއެއް ދައްކައިލި އިވެންޓް ބޭއްވީ މިދިޔަ މަހުގެ 12 ގަ އެވެ.