Last Updated: July 27, 09:39
Saturday, July 27, 2024
ޚަބަރު

ގައުމީ ކްރިކެޓް މުބާރާތަށް ހުޅުވާލައިފި

ގައުމީ ކްރިކެޓް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ކްރިކެޓް ކޮންޓްރޯލް ބޯޑުން ބުނީ 50 އޯވަރުގެ މުބާރާރުގައި ބައިވެރިވާން ޝައުގުވެރިވާ ޓީމްތަކަށް މުބާރާތުގައި މުބާރާތުގައި ބައިވެރުވާން ހުޅުވާލާފައި ވަނީ މި މަހުގެ 31 އާ ހަމައަށް ކަމަށެވެ. މުބާރާތުގައި ބައިވެރިވެވޭނީ ކޮމިޝަނަ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެފައިވާ ކްރިކެޓް ކޮންޓްރޯލް ބޯޑުގެ މެމްބަރު ކްލަބްތަކަށެވެ.

އެގޮތުން ކޮންމެ ކްލަބެއްގައި ރަޖިސްޓްރީ ކުރެވެނީ 18 ކުޅުންތެރިން އާއި ތިން އޮފިޝަލުންނެވެ. މި މުބާރާތުގެ މެޗެއްގައި ކުޅެވޭނީ އެންމެ ގިނަވެގެން ބިދޭސީ ހަތަރު ކުޅުންތެރިންނަށެވެ. އެއީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި ރާއްޖެއިން ބޭރުން ގެންނަ ޕްރޮފެޝަނަލް ކްރިކެޓް ކުޅުންތެރިން ހިމެނޭ ގޮތަށެވެ.

މީގެ އިތުރުން 19 އަހަރުން ދަށުގެ ދެ ކުޅުންތެރިން ކޮންމެ ކްލަބެއް ކުޅޭ ކޮންމެ މެޗެއްގައި މެޗު ކުޅޭ 11 ކުޅުންތެރިންގެ ތެރޭގައި ހިމަނަން ވެސް ޖެހެ އެވެ.

މި މުބާރާތާ ބެހޭ އިތުރު މައުލޫމާތު 3325503 ނުވަތަ 7774761 އިން ހޯދޭނެ އެވެ.