Last Updated: April 29, 06:03
Monday, April 29, 2024
ދުނިޔެ

"އެކްސް" އަށް ކޯލް ކުރެވޭ ފީޗާ ގެނެސްފި

"އެކްސް" ގެ ނަމުގައި މިހާރު ހިންގަމުން އަންނަ ކުރީގެ ޓްވިޓާގައި އޯޑިއޯ އަދި ވީޑިއޯ ކޯލް ކުރެވޭ ފީޗާ ތައާރަފުކޮށްފި އެވެ.

މި ފީޗާގެ އާލީ ވާޝަން އިއްޔެ ތައާރަފުކުރި ނަމަވެސް މި ވަގުތު ޗީފާ ލިބެނީ ބައެއް ޔޫޒަރުންނަށެވެ. ނަމަވެސް ވަރަށް އަވަހަށް "އެކްސް" ބޭނުންކުރާ އެންމެންނަށް ވެސް އޯޑިއޯ/ވީޑިއޯ ކޯލް ފީޗާ ދޫކޮށްލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އާ ފީޗާ ބޭނުން ކުރަން ފޯނު ނަމްބަރެއް ބޭނުމެއް ނުވާނެ އެވެ. އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުންނަ މީހަކަށް ވެސް ގުޅާލައިގެން މުއާމަލާތް ކުރެވޭނެ އެވެ.

"އެކްސް" އަށް އޯޑިއޯ/ވީޑިއޯ ކޯލް ފީޗާ ގެންނަން އުޅޭ ވާހަކަ އޭގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ހިއްސާކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.