Last Updated: July 27, 14:36
Saturday, July 27, 2024
ކުޅިވަރު

ބާސްކެޓް ލެޖެންޑަކު ބިލިއަނަރަކަށް

އެކި ވިޔަފާރިތަކަށް މިހާރު އިންވެސްޓްކޮށްފައިވާ އެމެރިކާގެ ބާސްކެޓް ލެޖެންޑް މެޖިކް ޖޯންސަންގެ މިލްކިއްޔާތު ބިލިއަނައަށް އަރައިފި އެވެ.

ފޯބްސް އިން ބުނީ 1996 ގައި ބާސްކެޓުން ރިޓަޔާކުރި މިހާރު އުމުރުން 64 އަހަރުގެ ޖޯންސަންގެ މިލްކިއްޔާތު 1.2 ބިލިއަން ޑޮލަރަށް އަރާ ކަމަށެވެ. މިއާ އެކީ އޭނަ ވެފައި ކުޅިވަރު ޝަހުސިއްޔަތުތަކުގެ ތެރެއިން ބިލިއަނަރަކަށްވި ހަތަރު ވަނަ މީހާއަށެވެ. ކުރިން ބިލިއަނަރެއްގެ ދަރަޖަ ލިބުނު އެތުލީޓުންނަކީއ މަޝްހޫރު ބާސްކެޓް ލެޖެންޑުން ކަމަށްވާ މައިކަލް ޖޯޑަން އާއި ލެބްރޯން ޖޭމްސްގެ އިތުރުން ގޮލްފް ތަރި ޓައިގާ ވުޑްސް އެވެ.

ފޯބްސް އިން ބުނި ގޮތުގައި ޖޯންސަންގެ މިލްކިއްޔާތު ބިލިއަން ޑޮލަރު ފަހަނައެޅި އިރު، މިހާރު އޭނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ހިއްސާވާ ލައިފް އިންޝުއަރެންސް ކުންފުނި، އިކްއި-ޓްރަސްޓުންނެވެ. އެކީގަ ބާސްކެޓްގެ ކެރިއަރުގައި ޖޯންސަން ވަނީ 40 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައިފަ އެވެ.

ވިޔަފާރިތަކުގެ އިތުރުން އޭނަ އަކީ ބައެއް ކުޅިވަރު ޓީމްތަކަށް ވެސް އިންވެސްޓްކޮށްފައިވާ މީހެކެވެ. އެގޮތުން އެމްބީއޭގައި ހިމެނޭ، ލޮސް އެންޖެލިސް އަށް ނިސްބަތްވާ ލޮސް އެންޖެލިސް ޑޮޖާސްގެ އިތުރުން، އިތުރު ދެ ޓީމަކަށް އިންވެސްޓްކޮށްފައިވެ އެވެ.

ޖޯންސަން އިންވެސްޓްކޮށްފައިވާ ވިޔަފާރިތަކުގެ ތެރޭގައި ސްޓާބަކްސް، ބާގާ ކިންގް އަދި 24 އަވާ ފިޓްނެސް ހިމެނެ އެވެ.