Last Updated: May 20, 06:07
Monday, May 20, 2024
ޚަބަރު

އިޒްރޭލަށް "ތާއީދުކުރާ" ދިވެއްސަކަށް ނުރުހުން!

ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިޒްރޭލުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ އިރު، އިޒްރޭލަށް ތާއީދުކުރި ކަމަށް ބުނެ ދިވެއްސަކާ ދެކޮޅަށް އަޑު އުފުލައި، ރޭ އޭނަ އަށް ހަމަލާދޭން އުޅެފި އެވެ.

އިޒްރޭލަށް "ތާއީދުކުރާ" ދިވެއްސަކީ ކ. ތުލުސްދޫގައި ދިރިއުޅޭ ރާޅާއެޅުންތެރިޔާ އަހުމަދު އަޒްނިލް އެވެ. އޭނަ ވަނީ "އައި ސްޓޭންޑް ވިތު އިޒްރޭލު" ގެ ނަމުގައި އެ ތަނުގެ ދިދަ ޕޯސްޓްކޮށް، އިޒްރޭލުންގެ ރާޅާ އެޅުންތެރިންނަށް ތާއީދުކޮށް، އެކި ކަހަލަ ޝުއޫރުތައް އިންސްޓަގްރާމްގައި ފާޅުކޮށްފަ އެވެ.

އަޒްނިލް އަކީ ލަވަކިޔުންތެރިޔާ ޒާރާގެ ފިރިމީހާ އެވެ.

އިޒްރޭލުގެ މީހުން ދިފާއުކޮށް އަޒްނިލް ވާހަކަ ދެއްކި އިރު، ރާއްޖޭގެ ސާފިން އެސޯސިއޭޝަނާއި ބޮޑީބޯޑިން އެސޯސިއޭޝަންގެ އިތުރުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ ރާއްޖެ ގޮފި ގުޅިބެން "ބޭން އިޒްރޭލު" ގެ ނަމުހައޮ ޕެޓިޝަނެއް ވެސް ލޯންޗްކޮށްފައިވެ އެވެ. މިއީ އިޒްރޭލު މީހުން ރާއްޖެ އައުމާ ދެކޮޅު ޕެޓިޝަނެކެވެ.

އަޒްނިލް އިޒްރޭލަށް "ތާއީދުކުރާ" މައްސަލައާ ގުޅިގެން ބަޔަކު ރޭ ވަނީ މާލޭގެ އެއް ނަމްބަރު ޖެޓީ ސަރަހައްދުން އޭނައާ ދެކޮޅަށް އެއްވެފަ އެވެ. އޭނައާ ދެކޮޅަށް ބަޔަކު އަޑު އުފުލައި، މާރާމާރީއަކަށް ދާ ހިސާބަށް ގޮސްފައި ވަނިކޮށް އަޒްނިލް އެ ސަރަހައްދުން ދިޔައީ ފުލުހުންގެ ހިމާޔަތުގަ އެވެ.

މިދިޔަ މަހުގެ 7 އިނމް ފެށިގެން އިޒްލޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރިމާތަކާ ގުޅިގެން އެންމެ ބޮޑަށް އަޑު އުފުލާ އެއް ގައުމަކީ ރާއްޖެ އެވެ. އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީން ރައްޔިތުންގެ އަދަދު މިހާރު 10،000 އާ ގާތްކުރެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.