Last Updated: July 27, 09:53
Saturday, July 27, 2024
ޚަބަރު

ރޯދަ މަހާ ދިމާކޮށް ހުޅުމީދޫގައި ޤުރުއާން މުބާރާތެއް

އައްޑޫގައި ބޭއްވި ޤުރުއާން މުބާރާތެއްގައި ކުއްޖަކު ކިޔަވަނީ.

ހުޅުދޫ އަންހެނުންގެ ގުޅުމުން އިންތިޒާމުކޮށްގެން ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ޤުރުއާން މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

އަންހެނުން ގުޅުމުން ބުނީ މި މުބާރާތަކީ ހުޅުދު އާއި މީދޫގައި ދިރިއުޅޭ ފަރާތްތަަށް އަމާޒުކޮށް ބާއްވާ މުބާރާތެއް ކަމަށެވެ. އެގޮތުން މުބާރާތުގެ މަގުސަދަކީ، ކީރިތި ޤުރުޢާނުގެ މާތްކަމާއި މަތިވެރިކަން، ކޮންމެ މީހެއްގެ ދިރިއުޅުމުގެ ކޮންމެ ހަރުފަތެއްގައި ވެސް ޤުރުއާނުގެ ތެރޭގައި އުޅެން ޖެހޭނެކަމާއި، އާންމުގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވާ އާލާކުރުމެވެ.

މުބާރާތުގައި ކޮންމެ އުމުރުފުރާއަކުން ވެސް ބައިވެރިވެވޭ އިރު، އުމުރު ފުރާ ކަނޑައަޅާފައި ވަނީ ރާއްޖޭގެ ތައުލީމީ ނިޒާމުގައި އުމުރުފުރާ ކަނޑައަޅާ މިންގަނޑަށެވެ. އެގޮތުން ބައިވެރިންގެ އުމުރު ފުރާ ބަލާނީ، އަންނަ އަހަރު ޖެނުއަރީ 1 ވަނަ ދުވަހާ ހަމައަށް އުމުރަށެވެ. މީގެ އިތުރުން މުބާރާތުގައި ދެ ޖިންސަށް ވެސް ބައިވެރިވޭވޭ އިރު، ޤާރީ ކޯސް ލެވެލް 4 ނުވަތަ އެ ފެންވަރުގެ ކޯހެއް ހަދާފައިވާ ފަރާތަކަށް ބައިވެރިނުވެވޭނެ އެވެ.

މި މުބާރާތުގައި 7 އުމުރުފުރާއަކުން ކުދިން ބައިވެރި ކުރެވެއެ ވެ. އެއީ އެންމެ ދަށްވެގެން 6 އަހަރުން ދަށުގެ އުމުރުފުރަ އާއި އެންމެ މަތިވެގެން 19 އަހަރުން މަތީގެ އުމުރު ފުރަ އެވެ. މި އުމުރުފުރާތަކުން ބަލައިގެން ކިޔެވުމުގެ ބައިންނާއި ނުބަލައި ކިޔެވުމުގެ ބައިން ބައިވެރިވެވޭނެ އެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު އަންނަ އަހަރު ޖެނުއަރީ 1 އިން ފެށިގެން ދޫކުރާނެ އެވެ. އެގޮތުން ބައިވެރިވުމުގެ ފޯމް ހުޅުދޫ އަންހެނުންގެ ގުޅުމުގެ ނަންބަރު 765196-7532717 އަށް ގުޅައިގެން ފޯމު ލިބޭނެ އެވެ. ފޯމް ބަލައިގަތުން ކުރިއަށް ދާނީ ޖެނުއަރީ 31 ގެ ނިޔަލަށެވެ.