Last Updated: December 6, 23:06
Wednesday, December 6, 2023
ޚަބަރު

އުރީދޫން އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭ ޕްރޮމޯޝަނެއް

އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް ރީޗާރޖްކޮށްގެން ޚާއްސަ ހަދިޔާތަކެއް ލިބޭ ޕްރޮމޯޝަން މިއަދު އިއުލާންކޮށްފި އެވެ.

އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖްކުރާ ޕްރީޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ކޮންމެ ހަފްތާއަކު ހާއްސަ ހަދިޔާ އެއް ލިބޭ އިރު ޕްރޮމޯޝަންގެ ބޮޑު އިނާމުގެ ނަސީބުވެރި ފަރާތައް އައިފޯން 15 ޕްރޯ މެކްސް އެއް ލިބުމުގެ ފުރުސަތު މި ޕްރޮމޯޝަނުން ވަނީ ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ މި އަހަރުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި އުރީދޫ އެޕް މެދުވެރިކޮށް 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ނެގޭ ގުރުއަތަކުން ކޮންމެ ހަފުތާއެއްގެ ނަސީބުވެރި ފަރާތް އަދި ޑިސެމްބަރު ނިމުމުން ގްރޭންޑް ޕްރައިޒްގެ ނަސީބުވެރި ފަރާތް ހޮވިގެން ދާނެ ކަމަށެވެ. އެމް-ފައިސާ މެދުވެރިކޮށް ރިޗާޖް ކުރާ ފަރާތްތައްވެސް މި ޕްރޮމޯޝަނުގައި ހިމެނިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރީޗާޖް ކުރާ ފަރާތްތަކުގެ ވީކްލީ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި ހަމަޖެހިފައިވާ އިނާމުތަކަކީ:

– ޕްރޮމޯޝަނުގެ މުއްދަތުގައި 20 ރުފިޔާ އާއި އެއަށްވުރެ މަތިން ރީޗާޖް ކުރާ ޕްރިޕެއިޑް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް "ގްރޭންޑް ޕްރައިޒް ވިނަ" ގެ އިނާމުގެ ގޮތުގައި އައިފޯން 15 ޕްރޯ މެކްސްއެއް ލިބޭނެ

– ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ އެއް ފަރާތަކަށް "ވީކްލީ ވިނަ" ގެ އިނާމުގެ ގޮތުގައި މޫލީ މެދުވެރިކޮށް އެޕަލް ވޮޗް ސީރީޒް 8، ވާވޭ ވޮޗް ބަޑްސް، ގާމިން ވެނޫ އެސްކިއު – މިއުޒިކް، އެޕަލް އެއާޕޮޑްސް ޕްރޯ ޖެން2، ސެމްސަންގް ގެލެކްސީ ވޮޗް 5، ސެމްސަންގް ގެލެކްސީ ބަޑްސް 2 ޕްރޯ، އެޕަލް މެގް ސޭފް ޑުއޯ ޗާޖަރު ނުވަތަ އިންސްޓެކްސް މިނީ 40 އެއް ލިބިގެންދާނެ

އުރީދޫ އެޕް ވަނީ ދާދިފަހުން ސުޕަ އެޕަކަށް އަޕްގްރޭޑްކޮށް، ގިނަ ހިދުމަތްތަކެއް އެއް ޑިޖިޓަލް ފުރާޅެއްގެ ދަށުން އެންޑް ޓު އެންޑް ސޮލިއުޝަނެއް ފޯރުކޮށްދީ އެޕްގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްފަ އެވެ.