Last Updated: July 27, 15:08
Saturday, July 27, 2024
ޚަބަރު

ސްޓާލިންކް އިންޓަނެޓް ރާއްޖެ އަށް ތައާރަފުކޮށްފި

ސްޓާލިންކްގެ އިންޓަނެޓްގެ ހިދުމަތް ރާއްޖެ އަށް ތައާރަފުކޮށްފި އެވެ.

މިކަން ސްޓާލިންކުން ހިއްސާކޮށް ބުނެފައި ވަނީ ރާއްޖެ އަށް މިހާރު ހައި ސްޕީޑް އިންޓަނެޓް ލިބޭނެ ކަމަށެވެ. އަދި ސްޓާލިންކްގެ ހިދުމަތް ލިބޭ ތަންތަނުގެ ޗާޓްގައި ވެސް ރާއްޖެ ހިމަނާފައިވެ އެވެ.

މި ހިދުމަތް ރާއްޖެ އަށް ދޭން ޓެކްނޮލޮޖީން މިނިސްޓްރީން ހުއްދަ ދިނީ އޮގަސްޓް މަހުގެ 24 ގަ އެވެ.

ސްޓާލިންކަކީ މަހުޖަނު އީލޮން މަސްކްގެ ސްޕޭސް އެކްސް އިން ބިޔަ ސެޓެލައިޓް ވިއުގައާ އެކު ބިނާކޮށް، ތަރައްގީކުރަމުން އަންނަ ހިދުމަތެކެވެ. މީގެ އެންމެ ބޮޑު އަމާޒަކީ ދުނިޔޭގެ ހުރިހާ ހިސާބަކަށް ވެސް އަވަސް، އަގުހެޔޮ އިންޓަނެޓްގެ ހިދުމަތް ދިނުމެވެ. ސްޓާލިންކް އިންޓަނެޓް ހިދުމަތް ތައާރަފުކުރީ 2019 ގަ އެވެ.

މިހާރު މި ހިދުމަތް ލިބޭ ގައުމުތަކުގެ 60 އަށް ވުރެ ގިނަ ގައުމަށް ލިބެ އެވެ.