Last Updated: October 24, 18:51
Thursday, October 24, 2024
ޚަބަރު

މަރަދޫން ފަލަސްތީނަށް 777،000ރ.

މަރަދޫ ރައްޔިތުންގެ މަސައްކަތުން ހޯދި ފައިސާ ދިވެހި ރެޑް ކްރެސެންޓާއި ހަވާލު ކުރަނީ --

ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް މަރަދޫ ރައްޔިތުންގެ މަސައްކަތުން ހިންގި ހަރަކާތްތަކުން 777،000ރ. އަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައްޑޫގައި މިހާތަނަށް ހިންގި ހަރަކާތްތަކުން އެއްކުރެވުނު އެންމެ ބޮޑު އަދަދެވެ. މިފައިސާ އެއްކޮށްފައިވަނީ މަރަދޫ ރައްޔިތުން އިސްނަގައިގެން އެކި ފަރާތްތަކާއި ގުޅިގެން ހިންގި ހަރަކާތްތަކުގެ ތެރެއިންނެވެ. މިދިޔަ އޮކްޓޫބަރ މަހުގެ 12 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ހިންގި ހަރަކާތްތަކުން ޖުމްލަ 777،799.47ރ. ވަނީ ހޯދާފައެވެ.

މިގޮތުން މިއަދު މިއަދު ހަވީރު މަރަދޫ ބަނދަރު ސަރަހައްދުގައި ބޭވި ހަރަކާތުގައި މި ފައިސާ ވަނީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ދިނުމަށް ދިވެހި ރެޑް ކްރެސެންޓާއި ހަވާލުކޮށްފައިވެއެވެ. މިފައިސާ ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ހަވާލުވީ ރެޑް ކްރެސެންޓު އައްޑޫ ގޮފީގެ މެނޭޖަރ ޝަފްނާ އަހުމަދު ދީދީއެވެ.

މި ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން އައްޑޫލައިވްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މި ހަރަކާތުގައި ފެށިގެން ދިޔައީ 12 ވަނަ ދުވަހު މަރަދޫގައި ބޭއްވި ހިނގާލުމާއެކުގައި ކަމަށެވެ. އެއަށް ފަހު ކޮންމެ ދުވަހަކުވެސް ގުޅިފައިވާ ރައްތަކުގެ އެކި ސަރަހައްދުގައި ފަންޑު ފޮށި ހިފައިގެން މަގުމަތީގައި ފަންޑް ރެއިޒް ކުރުމަށް ހިންގައި މަސައްކަތް ކޮށްފައިވާނެ އެ ފަރާތުން މައުލޫމާތު ދެއެވެ. މީގެ އިތުރުން އައްޑޫގެ ބައެއް މުޢައްސަސާތަކާއި ސްކޫލުތަކުގެ މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އަދި މަރަދޫއަށް ނިސްބަތްވާ މިހާރު މަހައްދާ ހުރިހާ ދޯންޏެއްހެން ފަނޑަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

ފަންޑަށް ލިބުނު ފައިސާގެ ޙުލާސާކޮށް:

  • ނޮވެމްބަރު 3 ގައި ބޭއްވި ހަރަކާތުން 109،000 އަށް ވުރެ ގިނަ ރުފިޔާ
  • މަރަދޫ މަސްވެރި ދޯނިތަކުން ތިން ލައްކައާއިި ކައިރި ކުރާ އަދަދެއްގެ ފައިސާ ލިބިފައިވޭ
  • މަރަދޫ އެތެރޭގައި ހިނގައިގެން ތިން ލައްކައާއި ކައިރި ކުރާ އަދަދަކަށް ފައިސާ ލިބިފައިވޭ
  • މަރަދޫ-ފޭދޫ އެތެރުން 20،000ރ. އާއި 25،000ރ. ދެމެދުގެ އަދަދެއް ލިބިފައިވޭ
  • ހިތަދޫ އެތެރެއިން 70،000ރ. އަށް ވުރެ ގިނަ ރުފިޔާ ލިބިފައިވޭ
  • މަރަދޫ ވިޔަފާރިތަކުން 30،000 އާއި ކައިރި ކުރާ އަދަދަށް ލިބުނު.
  • އައްޑޫ ހައިސްކޫލުން 11،000ރ. އަށް ވުރެ ގިނަ ރުފިޔާ
  • ހިތަދޫ ސްކޫލުން 22،000ރ. އަށް ގިނަ ރުފިޔާ
  • މިނޫންވެސް ވަކި ވަކި ފަރާތްތަކާއި މުޢައްސަސާތަކުން ފަންޑަށް އެހީތެރިކަން ފޯރުކޮށްދިން.

މިއަދު ހަވީރު މަރަދޫ ބަނދަރުގައި ބޭއްވި ރަސްމީއްޔާތުގައި މިފައިސާގެ ތަފްސީލުތައް ވަނީ އާންމުކޮށްފައެވެ. މީގެ ތެރޭގައި ބައެއް ފަރާތްތަކުން ދީފައިވާ އަދަދު ހާމަ ކުރަން ބޭނުން ނުވާތީ ސީދާ އަދަދުތައް ހާމަ ނުކުރި ނަމަވެސް، އެ އަދަދުވެސް ޖުމްލަ އަދަދުތެރޭގައި ހިމެނިގެންދާ ކަމަށް ފްންޑް ރެއިޒިން ހަރަކާތުގައި އިސްކޮށް އުޅުނު ފަރާތްތަކުން މައުލޫމާތު ދެއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އައްޑޫގެ އެކި އަވަށްތަކުގައި ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން އަވަށު އޮފީސް ތަކާއި، ޖަމީއްޔާ ޖަމާޢަތްތަކުން އަދި އޭގެ އިތުރުން، ކައުންސިލުންވެސް އިސްނަގައިގެން ހަރަކާތްތައް ކުރިއަށް ގެންދެއެވެ.