Last Updated: May 20, 06:07
Monday, May 20, 2024
މީހުން

އެމެރިކާގެ ޓިކްޓޮކް ތަރިއަކު އިސްލާމްވެއްޖެ

ފަލަސްތީނުގެ ރައްޔިތުންގެ މިހާރު އުފުލަމުންދާ ވޭނާ އެކީ ވެސް އިސްލާމް ދީނުގެ މަތީގައި ދައްކަމުން އަންނަ ހިތްވަރު ފެނިފައި އެމެރިކާގެ މަޝްހޫރު ޓިކްޓޮކް ތަރިއެއް ކަމަށްވާ މޭގަން ރައީސް އިސްލާމްވެއްޖެ އެވެ.

އޭނަ އިސްލާމްވީ މިދިޔަ ހުކުރު ދުވަހު އެވެ. މޭގަން ބުނި ގޮތުގައި އޭނަގެ އަގީދާ ހައްގުގެ މައްޗަށް ފުރޮޅެން މަގުފަހިވި މައިިގަނޑު ސަބަބަކީ ފަލަސްތީނުގެ ރައްޔިތުންނާއި ކީރިތި ޤުރުއާނެވެ. މިއާ އެކީ އޭނަ ވަނީ ޓިކްޓޮކްގައި "ވޯލްޑް ރިލިޖަން ބުކް" ގެ ނަމުގައި ކުލަބެއް ވެސް ލޯންޗްކޮށްފަ އެވެ. މޭގަން ބުނި ގޮތުގައި ދެން އެންމެ ބޮޑު އަމާޒަކަށް ވާނީ އިސްލާމް ދީނާ މެދު ނަފުރަތު އުފައްދަން ކުރަމުންދާ މަސައްކަތްތަކާއި މުސްލިމުންދާ ދޭތެރޭ ހުޅަނގުގެ ބައެއް މީހުން ދެކޭ ގޮތް، ބަދަލުކޮށް، އިސްލާމް ދީނަށް ނަސްރު ދޭން މަސައްކަތް ކުރުމެވެ.

@megan_b_rice

Drop your tips in the comments. Also before y’all jump at my throat, the coffee is from Biggby. 😂

♬ original sound – Megan Rice

އޭނަ އިސްލާމްވުމާ އެކީ ވަރަށް ގިނަ ބަޔަކު އެކަމަށް މަރުހަބާ ކިޔައި، ހިތްވަރު ވެސް ދީފައިވެ އެވެ.

މޭގަން ބުނީ އިސްލާމް ދީނަކީ ވަރަށް ސާފު، މާތް ރީތި، ސާފާ ދީނެއް ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްލޭލުން ހިންގަމުންދާ އަނިޔާވެރިކަމާއި އެ ނިކަމެތި ރައްޔިތުން އުޅެން ޖެހިފައިވާ ބިރުވެރި މާހައުލުގެ ތެރޭގައި ވެސް ރައްޔިތުންގެ ކިބައިން ފެނިގެން އަންނަނީ ސާބިތުކަމާއި އުންމީދު ގެއްލުވާ ނުލުމުގެ ރޫހާއި ޖޯޝް ކަމަށް މޭގަން ބުންޏެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުން ހަނގުރާމައިގެ ތެރޭގައި ވެސް ނަމާދު ކުރުމާއި ޤުރުއާން ކިޔަވަންދޭ ސަމާލުކަމާއި ދުއާ އަށް ބަހައްޓާ ފަރުވާތެރި ކަމަކީ އިންސާނެއްގެ ހައިސިއްޔަތުން ވަރަށް ޖަޒުބާތީ ކޮށްލި ކަންތަކެއް ކަމަށް މޭގަން ބުންޏެވެ.

އެހެންވެ އޭނަ ބޭނުން ވަނީ އިސްލާމް ދީނުގެ މަތީގެ ކުރިއަށް ދާށެވެ. މި ދީނުގެ މަތިވެރިކަމާއި ސާފުކަންމަތީ ހަޔާތުގެ ދުވަސްތައް ހޭދަކުރާށެވެ. އިސްލާމް ދީން ގަބޫލުކޮށް، މޭގަން މިހާރު ހުރީ ބުރުގާ ވެސް އަޅައިގެންނެވެ. މިއީ އޭނަގެ ހަޔާތަށް އައި ބޮޑު ބަދަލެއްފެ ފެށުމެވެ.