Last Updated: May 20, 01:49
Sunday, May 19, 2024
ޚަބަރު

ބޮޑެތި ބަލީގެ މީހުންނަށް ހައްޖު ޖާގަތަކަށް ހުޅުވާލައިފި

އަންނަ އަހަރު ހައްޖަށް ދާން ފުރުސަތު ދޭ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ހައްޖު ކޯޕަރޭޝަނުން ހާއްސަކުރި ޖާގަތަކަށް ހުޅުވާލައިފި އެވެ.

ޙައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުނީގެ ހަވާލުގައި އަންނަ އަހަރު ޙައްޖަށް ދާންފައިސާ ދައްކާފައިވާ މީހުންގެ ތެރެއިން މި މަހުގެ 9 ނިޔަލަށް ޙައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަޙައްމަލުކުރަމުންދާ، ފަރުޟު ޙައްޖު އަދާކޮށްފައި ނުވާ ފަރާތްތަކަށް ޙައްޖު ކޯޓާގެ 5 ޕަސެންޓް ހާއްސަކުރަން ނިންމާފައިވާ ކަމަށެވެ.

އެފަދަ މީހުންނަށް ހާއްސަކުރި ޖާގަތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 24 އާ ހަމައަށެވެ.

އެ ޖާގަތައް ހޯދުމަށް ބޭނުންވާ މީހުންނަށް ޙައްޖު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv މެދުވެރިކޮށް "ބޮޑެތި ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް ޚާއްސަ ޖާގައަށް އެދޭ ފޯމް" ފުރުމަށް ފަހު ހުށަހެޅޭނެ އެވެ. އެ ފޯމާ އެކީ އައިޑީ ކާޑުގެ ސާފު ކޮޕީއަކާއި ހައްޖު ކޯޕަރޭޝަންގެ އިޢުލާނާ އެކު ޝާއިއުކޮށްފައިވާ "ހެލްތް ސަޓިފިކޭޝަން ފޯމް" ހުށަހަޅަން ޖެހޭނެ އެވެ.

އެގޮތުން ފޯމު ހުށަހަޅަން ޖެހޭ އެންމެ ފަހު ވަގުތަކީ 24 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރި އެވެ.