Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް ބާއްވަން ބަޔަކު ހޯދަނީ

އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" ކައުންސިލާ ގުޅިގެން ބާއްވައި ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އެގޮތުން މި އަހަރު މުބާރާތް ކައިންސިލާ ގުޅިގެން ބާއްވަން ޝައުގުވެރިވާ ކުލަބް/ޖަމިއްޔާ ޖަމާއަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 23 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ކައުންސިލުން ބުނީ އޭގެ ބުނީ ހޮވާނީ އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ބައެއް ކަމަށެވެ.

ކައުންސިލުން ބުނީ ޝައުގުވެރިވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރާއި ގުޅޭނެ ފޯނު ނަންބަރު އަދި އީ-މެއިލް އެޑްރެސް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 2:00 ގެ ކުރިން މި މެއިލަށް [email protected] ފޮނުވަން ޖެހޭނެ ކަމަށެވެ. ޕްރޮޕޯސަލް ހުށަހަޅާނީ ވެސް ހަމަ އެ މެއިލަށް މި މަހުގެ 23 ގެ މެންދުރު 2:00 ގެ ކުރިންނެވެ.

"އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް" އަކީ އައްޑޫ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫހު އާލާކޮށް އައްޑޫގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ވާދަވެރި މާޙައުލެއްގައި ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެކެވެ.

މި އަހަރުގެ މުބާރާތް ބާއްވާނެ ތާރީހެއް ކައުންސިލުން އަދި އިއުލާނެއް ނުކުރެ އެވެ.

މިދިޔަ އަހަރު 7 ޓީމު ވާދަކުރި މުބާރާތުގެ ޗެމްޕިއަނަކީ ފޭދޫ ސްޕޯސް ކުލަބެވެ.