Last Updated: May 3, 22:21
Friday, May 3, 2024
ޚަބަރު

ސަލާހުއްދީން ސްކޫލް ރަސްމީކޮށް ހުޅުވައިފި

ހުޅުމާލޭގެ ފޭސް ދޭއްގެ ސަލާހުއްދީން ސްކޫލް ރަސްމީކޮށް ރޭ ހުޅުވައިފި އެވެ.

އެތަން ހުޅުއްވައި ދެއްބވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ.

ސަލާހުއްދީން ސްކޫލް ރަސްމީކޮށް ހުޅުވި ނަމަވެސް މި އަހަރުހެ އޮގަސްޓް 6 ގައި ފެށި ދިރާސީ އާ އަހަރާ އެކީ އެ ތަނުގައި އަންނަނީ ކިޔަވައި ދެމުންނެވެ.

އެގޮތުން އެ ސްކޫލުގެ ނަން ނިސްބަތްވާސަލާހުއްދީން ސްކޫލް ނިސްބަތް ވަނީ ރާއްޖޭގެ ކުރީގެ އިލްމުވެރިޔާ އަދި ކީރިތި ރަސޫލާގެ ސިޔަރަތު ވެސް ލިޔުއްވި ފަޟީލަތުއް ޝައިޚު ޙުސެއިން ޞަލާޙުއްދީނަށެވެ. އޭނަ އަކި ރާއްޖޭގެ ނިޒާމީ ތަޢުލީމު ފެއްޓެވި އަދީބެވެ.

އެއް ދަންފަޅިއަށް ކިޔަވައިދޭ ސަލާހުއްދީނުގައި 1،719 ދަރިވަރުން ކިޔަވަ އެވެ.