Last Updated: December 5, 23:15
Tuesday, December 5, 2023
ދުނިޔެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް

ފިލިޕީންސަށް މިއަދު ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އެ ގައުމުހެ ގަޑިން ހަވީރު 4:14 ގައި ބިންހެލުން އައީ ދެކުނު މިންޑިނާއޯ އަށް ސަރަހައްދަށް ރިކްޓަ މިންގަނޑުން 7.2 ބާރު މިނުގައި ކަމަށެވެ. ނަމަވެސް ފަހުން ފިލިޕީންސްގެ އިންސްޓިޓިއުޓް އޮފް ވޮލްކެނޮލޮޖީ އެންޑް ސީސްމޮލޮޖީން ވަނީ ބިންހެލުން އައީ ރިކްޓަމިންގަނޑުން 6.8 ބާރު މިނުގައި ކަމަށް ބުނެފަ އެވެ.

މި ބިންހެލުމާ ގުޅިގެން މިހާތަނަށް އެއްވެސް ގެއްލުމެއް އަދި ބަޔަކަށް އަނިޔާވިކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ. ނަމަވެސް ބިންހެލުން އައި ސަރަހައްދުގެ ހާލަތު ކަމާބެހޭ އިދާރާތަކުން އަންނަނީ ޗެކްކުރަމުންނެވެ.

ފިލިޕީންސަށް މިއަދު ބިންހެލުން އައި ސަރަހައްދަކީ 26 މިލިއަން ދިރިއުޅެމުން އަންނަ ތަނެކެވެ. އަދި އެއީ ގައުމުގެ ދެވަނަ އަށް އެންމެ ބޮޑު ރަށެވެ.