Last Updated: December 6, 23:06
Wednesday, December 6, 2023
ކުޅިވަރު

އެވަޓަން އަތުން 10 ޕޮއިންޓް އުނިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ ފައިނޭންޝަލް އުސޫލުތަކާ ހިލާފުވުމުން އެވަޓަން އަތުން 10 ޕޮއިންޓު އުނިކޮށްފި އެވެ.

ޕްރިމިއާ ލީގުގެ ފައިނޭންޝަލް އުސޫލުގެ ދަށުން ލީގުގެ ކްލަބަކަށް ތިން އަހަރުން 105 މިލިއަން ޕައުންޑަށް ވުރެ އިތުރަށް ގެއްލުން ވެއްޖެނަމަ ފިޔަވަޅު އަޅާނެ އެވެ. އެވަޓަންގެ މައްސަލަ ބަލަން މިނިވަން ކޮމިޝަނަކާ ޕްރިމިއާ ލީގުން ހަވާލުކުރީ 2021-22 ވަނަ އަހަރުގެ ސީޒަނުގައި އެ ކްލަބުގެ މާލީ ރެކޯޑުތައް އޮޑިޓް ކުރުމަށްފަހު އެވެ. އެގޮތުން އެ ސީޒަނުގައި އެވަޓަން އަށް ވަނީ 124.5 މިލިއަން ޕައުންޑްގެ ގެއްލުމެއް ވެފަ އެވެ.

އެވަޓަންގެ މައްސަލަ ބަލާފައިވަނީ މިނިވަން ކޮމިޝަނަކުން ކަމަށްވާއިރު މިއީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާރީހުގައި ކްލަބަކަށް ދިން އެންމެ ބޮޑު އަދަބެވެ.

މި އަދަބުގެ ސަބަބުން އެވަޓަން މިހާރު ވަނީ ޕްރިމިއާ ލީގުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފަ އެވެ. އެޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގަ އެވެ.