Last Updated: July 27, 06:33
Saturday, July 27, 2024
މުނިފޫހިފިލުވުން

ޝިލްޕާގެ ޗުއްޓީ ކުޑަވިލިގިލީގައި

އިންޑިއާގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން އޭނަ ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. ޝިލްޕާ މި ފަހަރު އާއިލާއާ އެކީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ކުޑަވިލިގިލި ރިސޯޓްގަ އެވެ. އޭނަ ވަނީ އެ ރިސޯޓަކީ އާއިލީ ޗުއްޓީތަކަށް ވަރަށް ވެސް ހިތްގައިމު ތަނެއްގެ ގޮތުގައި ސިފަކޮށްފައިވެ އެވެ.

ގިނަ ދުވަސްތަކެއް ފަހުން ޝިލްޕާ ރާއްޖެ އައިސްފައި މި ވަނީ އޭނަގެ ފިރިމީހާ ރާޖް ކުންދުރާގެ މައްޗަށް 2021 ގައި ކުރެވުނު ބަރަހަނާ ފިލްމު ހެދިކަމުގެ ތުހުމަތާ ގުޅިގެން ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބިނާކޮށް ރާޖް ކުޅުނު ފިލްމު "ޔޫޓީ 69" ގެ މި މަހުގެ 3 ގައި ރިލީޒްކޮށްފައި ވަނިކޮށެވެ.

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޝިލްޕާ ވަނީ އޭނަ ޖަޖެއްގެ ގޮތުގައި ބައިވެރިވަމުން އައި ސޮނީ ޓީވީގެ އިންޑިއާސް ގޮޓް ޓެލެންޓް (އައިޖީޓީ) ނިންމާލައިފަ އެވެ. މީގެ 30 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ބާޒީގަރް" އިން ބޮލީވުޑަށް ނުކުތް 48 އަހަރުގެ ބަތަލާގެ އެންމެ ފަހުގެ ފިލްމަކީ ސެޕްޓެމްބަރުގައި ރިލީޒްކުރި "ސުކީ" އެވެ.

އެ ފިލްމު މި ހަފުތާގައި ވަނީ ނެޓްފްލިކްސް އަށް ދޫކޮށްލައިފަ އެވެ.